English Edition
Dhivehi Edition

ދުނިޔޭގެ އެންމެ ބަރު އަންހެންމީހާ އީމާން އަހްމަދު އަބްދު އެލް އަތީ(37) މަރުވެއްޖެއެވެ. ބަރުދަނުގައި 498 ކިލޯ ހުރި އީމަން މަރުވެފައިވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްގެ ހޮސްޕިޓަލެއްގައި ފެރުވާ ދެމުންދަނިކޮށް މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. އަބޫދާބީގެ ބުރްޖީލް ހޮސްޕިޓަލުގެ ޑޮކްޓަރުން ބުނެފައިވަނީ އިމާން މަރުވެފައިވަނީ އޭނާގެ ބަރުދަނުގެ ސަބަބުން ހިތުގެ މައްސަލަތަކާއި ކިޑްނީގެ މައްސަލަތައް ޖެހިގެން ކަމަށެވެ.

އީމާން އަށް މާ ބޮޑަށް ބަރުވުމުގެ ސަބަބުން ސިއްހީ ގިނަ މައްސަލަތަކާއި ކުރިމަތިވެފައިވާއިރު އޭނާގެ އުމުރުގެ ބޮޑުބައި ހޭދަކޮށްފައިވަނީ ހެލިފެލިވެ އުޅުމަށް ދަތިވެ އެދުމަތީގައެވެ. އިމާންގެ އާއިލާއިން ބުނެފައިވަނީ އުމުރުން 11 އަހަރުން ފެށިގެން އޭނާގެ ބަރުދަން ކޯންޓްރޯލްނުވުމުގެ ސަބަބުން އެތައް ފަހަރަކު ސްޓްރޯކްޖެހިފއިވާ ކަމަށާއި ސިއްހީ ގިނަ މައްސަލަތަކާއި ކުރިމަތިލާން ޖެހިފައިވާކަމަށެވެ.

މިއަހަރު މާޗް މަހު އިންޑިއާގައި އިމާން ބަރުދަން ލުއިކުރުމަށް ފަރުވާ ހޯދަން ފަށާފައިވާއިރު އޭނާވަނީ ސާޖަރީ ހަދައިގެން ޑޮކްޓަރުންގެ އިރުޝާދުގެ ދަށުން 299 ކިލޯ ލުއިކޮށްފައެވެ. އިންޑިއާގައި ކުރި ފަރުވާއަށްފަހު ޔޫއޭއީ އަށް އިމާން ގޮސްފައިވަނީ މިދިޔަ މެއި މަހު ގައެވެ.