އަންހެނުންނެކޭ އެއްގޮތަށް ފިރިހެނުންވެސް އެމީހުންގެ ހަންގަނޑަށް ސާމާލުވާން ޖެހެއެވެ. އުމުރުން ދުވަސްވާ ވަރަކަށް ފިރިހެނުންގެ ހަންގަނޑަށް އަންނަ ބަދަލުތަކާ ޅަދުވަސްވަރު އަޅާނުލެވުމުންހަންގަނޑަށް ދިމާވާ ކަންކަމާއި ދުރުހެލިވުމަށް އަންހެނުންނެކޭ އެއްވަރަށް މަސައްކަތް ކުރަންޖެހެއެވެ. ފިރިހެނުންގެ ހަންގަނޑުގައިވެސް އުމުރުން ދުވަސްވާވަރަކަށް ރޫޖެހުން، ހަނަގަނޑު ކުރަކިވެ ހިކުން، ލޯކަިއިރި ކަޅުވެ ރޫޖެހުން ތުނބުޅިބެލުމުން މޫނުގެ ހަންގަނޑަށް އަންނަ ބަދަލުތައް ފަދަ ކަންކަމީ އަޅާނުލެވިއްޖިއްޔާ ފަހުން ރަނގަޅުކުރަން އުނދަގޫވާނެކަންތަކެވެ.
އެހެންކަމުން ލޯކައިރި ކަޅުވުމުން އުނގުޅާކްރީމްތައް އުނގުޅުމުން ލޯކައިރި ރީިވެދެއެވެ. އަދި އޯގާނިކް ފޭސް އޮއިލް އަކުން މޫނުރީތިކޮށްލެވިދާނެއެވެ. އާންމުގޮތެއްގައި އަންހެނުންނަށް ވުރެން ފިރިހެނުންގެ ހަންގަޑު ތެޔޮވެފައި ބޮޑެތި އޮށާޅަތައްނެގުން ގިނައެވެ. ފޭޝަލް ޖެލް އެއްބޭނުން ކުރުމުން މިކަންތަކަށް ހައްލެއް ލިބިދާނެއެވެ.
ކަރުދަށް ކަޅުވުމަކީވެސް ވަރަށް އާންމު ކަމެކެވެ. އަންހެނުންގެ އިތުރުން މިއީ ފިރިހެނުންނަށްވެސް ދިމާވާ މައްސަލައެކެވެ. އާންމު ގޮތެއްގައި ކަރުދަށް ކަޅުވަނީ ހަންގަނޑު ބޯވުމުންނެވެ. ނުވަތަ ކަރުދަށުގެ ހަންގަނޑަށް ބޭނުންވާ ވަރަށް އަޅާލުން ނުލިބުންވެސް ކަރުދަށް ކަޅުވެއެވެ. ބޭކިންގްސޮޑާ ކޮޅެއް ފެންފޮދަކަށް އެޅުމަށްފަހު ކޮނެމެދުވަހަކު ކަރުގައި އުނގުޅުމުން ހަންގަޑު އަލިކޮށްދޭނެއެވެ.
ފިރިހެންވެރިން ފާހަގަވަނީ އާންމުކޮށް ވަޒީފާގައި ގިނަވަގުުތު ހޭދަކުރާ ސްޓްރެސްފުލް ބައެއްގެ ގޮތުގައެވެ. އެހެންކަމުން ލޮލާއި މޫނުގެ ހަންގަޑު ގެ މައްސަލަތައް ގިނަވެއެވެ. ހަންގަޑު ގަދަ އަވިން ސަލާމަތް ކުރުމަށް ސަންލޯޝަންއެއް ބޭނުން ކޮށްލުން ވަރަށް މުހިންމެވެ. އަދި އަބަދުވެސް ފަޔާއި އަތުގެ ހަންގަޑު މޮއިސްޗަރައިޒިނގް ލޯޝަން އެއްބޭނުންކޮށް ހިކި ވިޔަނުދީ ހިފެހެއްޓުން ވަރަށް މުހިންމެވެ. ގަދައަވީގައި މަސައްކަތް ކޮށް އަރާމުކުރުމަށް ވަގުތު ނުލިބޭމީހުންވެސް ފިރިހެނުންގެ ތެރޭގައި މަދެއްނޫނެވެ. އެހެންކަމުން ހަންގަޑު ތާޒާކޮށް ބެހެއްޓުމަށް އަދި ިހަންގަނޑު ކުރަކިވެ ހަލާކުވުމުން ދުރުހެލިވުމަށް ވަރަށްގިނައިން ފެންބޯބަޔަކަށް ފިރިހެނުންވެސް ވާންޖެހެއެވެ.
މޫނުގެ ހަންގަޑަށް ފަރުވާ ކުރުމަށް އެކިކަހަލަޤުދުރަތީ ބޭސް، ކްރީމް އަދި ފޭޝަލް މާސްކް ބޭނުން ކުރުމަކީ އާންމުކޮށް އަންހެނުން ކޮށް އުޅޭކަމަކަށް ވިއަސް ފިރިހެނުންވެސް ހަންގަނޑަށް ދިމާވާ މައްސަލަަތަކުން ސަލާމަތް ވުމަށް މިތަކެތި ބޭނުންކުރުމަކީ ފެންނަފެނުމަށް އަންހެންވަންތަ ކަމެކޭ ހީވިޔަސް އެއީ ވަރަށް މުހިންމު ކަމެކެވެ.