ބުނެ އުޅޭތީ އަޑު އިވެއެވެ. މައްސަރު ކަންތަކަކީ ބައެއް މީހުންނަށް ވަރަށް ވޭން ހުންނަ ކަމެކެވެ. މައްސަރު ކަންތައް ދިމާވުމުން އެއްބަޔަކަށް އިންތަނުން ހިރި ނުލެވޭހާ ވޭން އަޅާއިރު އަނެއް ބަޔަކަށް މިއީ ބޮޑުކަމަކަށް ނުވެއެވެ.
ޔުނިވަރސިޓީ ކޮލެޖް ލަންޑަން ގެ ޕްރޮފެސަރ އޮފް ރީޕްރޮޑަކްޓިވް ހެލްތު، ޖޯން ގިލްބާރޑް 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކުރި ދިރާސާއެއްގައި ބުނެފައިވަނީ އަންހެނުންނަށް މައްސަރު ކަންތައް ޖެހޭއިރު އެވާ ތަދު ހާޓްއެޓޭކެއް ޖެހުމާ އެއްފަދަ ކަމަށެވެ.
މައްސަރު ދުވަސްވަރު އެކި މީހުންނަށް ތަދު ކުރިމަތިވަނީ އެކި ގޮތަށެވެ. ބައެއް މީހުންނަށް ދިލަ ތަދެއް އިހުސާސް ކުރެވޭއިރު، އަނެއްބައި މީހުންނަށް ތޫނު ތަދެއް އިހުސާސް ކުރެވެއެވެ. އަދި އާންމުކޮށް ބައެއް މީހުންނަށް ބަނޑާއި ބުރަކަށީގައި ރިއްސުންފަދަ އުނދަގޫތައް ވެސް މި ދުވަސްވަރު ކުރިމަތިވެއެވެ. މި އުނދަގޫތަކުން ސަލާމަތްވުމަށް އެކި މީހުން އެކި ކަންކަން ކޮށް އުޅޭއިރު، ތަދުފިލުވުމަށް ބޭނުންކުރާ ބާރުގަދަ ބޭސްތައް ބޭނުންކުރެއެވެ. އަދި “ހޮޓް ވޯޓަރ ބޭގް” އިން ބަނޑު ހޫނުކޮށް އުޅެއެވެ.
މައްސަރު ކަންތަކުގެ ވޭން ބޮޑަށް އަޅާ ކަމަށް ސިއްޙީ މާހިރުން ބުނެފައިވަނީ އޯވަރީގައި ސިސްޓު އުފެދޭމީހުންނާއި، އޯވަރީއާއި ރަހިމުގައި ފައިބްރޮއިޑް އުފެދޭ މީހުންގެ އިތުރުން ޕީ.ސީ.އޯ.އެސް ހުންނަ މީހުންނާއި އެންޑެމެޓްރިއޯސް ހުންނަ މީހުންނަށެވެ.
މިގެނެސްދެނީ މައްސަރު ކަންތައް (ޕީރިއެޑް) ތަދުކަންޑުވާލަން ނޫނީ ވޭން ކުޑަކޮށްލަން ވަރަށް ރަނގަޅު ރެމެޑީ އެކެވެ.
ރެމެޑީ ތައްޔާރު ކުރަން ބޭނުން ވާ ތަކެތި:
1/2 ސައި ސަމްސާ ރީނދޫ ޕައުޑަރ
2 ސައި ސަމްސާ އިނގުރު ގާނާފައި
1 ޕިންޗް އަސޭމިރުސް ކޮޅެއް
ބޭނުން ނަމަ ލުނބޯ ހުތް ކޮޅެއް
މިތަކެތި ހޫނު ފެނަށް އަޅާފައި ގިރާލާފައި އަދި ކުޑަ ކޮށް ހިހޫ ވީމަ މާމުއި ރަހަލާ ވަރަށް އަޅައިގެން ބޯލާށެވެ.
މައްސަރު ކަންތަކަށް މި ރެމެޑީ ބޭނުން ކުރާނީ މައްސަރު ކަންތައް ދިމާވާން ފެށުމުގެ 7 ދުވަސް ކުރިންނެވެ. އަދި މައްސަރު ކަންތައް ނިމެންދެން މި ރެމެޑީ ބޭނުން ކުރަންވާނެއެވެ. މި ރެމެޑީ ކޮންމެ ދުވަހަކު އެމީހަކު ބޭނުން ގަޑިއެއްގައި ބޭނުން ކުރެވޭނެ އެވެ.
މި ރެމެޑީ އަކީ ބަނޑުގެ އިންފްލެމޭޝަން އަށްވެސް ވަރަށް ރަނގަޅު ފަރުވާ އެކެވެ. މި ބުއިން ތައްޔާރު ކޮށްގެން ކޮންމެ ދުވަހަކު ބުއިމުން ހަށިގަނޑަށް ނުހަނު ގިނަ ފައިދާ ކުރާނެ ކަމަށް ސިއްހީ މާހިރުން ބުނެއެވެ.