ދިރިއުޅުމުގައި، ހާއްސަކޮށް ކައިވެނީގެ ގުޅުމުގައި ދެމީހުންގެ ދެމެދުގައި ކޮންމެ ކޮންމެ ވާހަކައެއް އެކަކު އަނެކަކާ ހިއްސާކުރުމަކީ އެހައި ފަސޭހަ ކަމަކަށް ވުމަކީ ނާދިރު ކަމެކެވެ. އަނބިން ނަކީ ހަޔާތުގައި ދިމާވާ ހުރިހާ ވާހަކަތައް ހިއްސާނުކުރާ ބައެއްކަމަށް ފިރިމީހާޔަށް ފަހަރުގައި ނޭނގިދާނެއެވެ. ނަމަވެސް ހަގީގަތަކީ އަނބިން ފިރިންނާއި ހިއްސާކުރަނީ ހަޔާތުގައި ދިމާވާ ވަރަށް މަދު ވާހަކަތަކެވެ. އަނބިން ބައެއްފަހަރު އެއްޗެއް ފެނުނީމާ ކިތަންމެ ބޭނުން ވެފައި ހުއްޓަކަސް ނުބުނެ ތިބޭ ފަހަރު ވެސް އާދެއެވެ. ހަޔާތުގައި ކޮންމެވެސް ހިސާބަކުން ފިރިމީހާއަށް ތިމަންނަ އެއެއްޗެއް ބޭނުންވާކަން ވިސްނިދާނެކަމަށެވެ. ނަމަވެސް މިކަން ތައްވަނީ އުންމީދުކުރެވުނު ގޮތަކަށްނޫނެވެ. ކައިވެނީގެ ގުޅުމަކީ އެންމެ ވަރުގަދަ ގުޅުމަށް ވާއިރު އެކަކު އަނެކަށް ވަގުތުދިނުން ވަރަށް މުހިންމެވެ
އަނބިމީހާ ވާހަކައެއްދައްކަން ބޭނުންވެގެން ބުނަން ނުކެރިފައި ހުރިކަމަށް ޝައްކު ވަންޏާ ތިރީގައި މިވާ 6ގޮތަށް އަމަލު ކޮށްލުމުން އަނބިމީހާ ދައްކަން ބޭނުންވާ ވާހަކަ ހިއްސާކުރަން ފުރުސަތު ލިބިގެންދާނެއެވެ
1-ތައުރީފް ކުރުން
ފިރިން ގިނަވަގުތު ބޭރުގައި އުޅެފައި ގެޔަށް ވަންނައިރު އަނބިމީހާ ގޭތެރޭގެ ކަންތައް ތަކުގައި ބުރަކޮށް އުޅެދާނެއެވެ. އަދި ބުރަކޮށް އުޅެފައި ވަރުބަލިވެގެން އަރާމުކުރަން އޮވެދާނެއެވެ. ގެޔަށް ވަދެ އަނބިމީހާ ކޮބައިތޯ ބަލާލަފައި އޭނަޔަށް ކޮންމެވެސް ކަހަލަ ތައުރީފެއް ކޮއްލައިފިއްޔާ ދެމީހުން އެކަކު އަނެކަކާދޭތެރޭގައި ވިސްނާކަމުގެ އިހްސާސް ކުރެވޭނެއެވެ
2-އިހްތިރާމް ކުރުން
އަނބިންނަކީ ގޭގައި ދިމާވާ ހުރިހައި ކަމެއް ކޮށްގެން މުޅިގެއާއި ދަރީން ބަލަހައްޓައިގެން ތިބޭ ބަޔަކަށް ވާއިރު، ގެޔަށް އަންނައިރު އަނބިމީހާ ކޮށްފައި ހުންނަ ބުރަމަސައްކަތަށް ތައުރީފް ކުރުމަކީވެސް ދެމީހުންގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެ ވާހަކަތައް ހިއްސާކޮށްލަން ލިބޭ ފުރުސަތަކަށްވާނެއެވެ
3- އިތުރު މީހަކާއި ގުޅުން އޮންނަކަމަށް ޝައްކުނުކުރުން
ހުރިހާ އަނބިންނަކީ އިތުރު ފިރިހެނަކު ގެންގުޅޭ ބައެއް ކަމަށް ހީނުކުރާށެވެ. އަނބިމާހާ ޔާ އަޅާލައި ލޯބިދެންޏާ އިތުރު ގުޅުމަކަށް ފުރުސަތެއް ނުދޭނެއެވެ
4- ދައްކާ ވާހަކަ ކަނުލާ އަޑުއެހުން
އަނބިމީހާ ވާހަކަ ދައްކާއިރު ފިރިމީހާގެ އެއްކަންފަތް ޓީވީޔަށް އަނެއްކަންފަތް ފޯނަށް ދީގެން އިނުމުން އަނބިމީހާ ހިތްހަމަ ނުޖެހޭނެކަމީ ޝައްކެއްވެސް އޮތްކަމެއް ނޫނެވެ. އެކަމަކު ފަހަރުގައި ހިތްހަމަ ނުޖެހޭވާހަކަ ނުބުނެ ހުރުން އެކަށީގެން ވެއެވެ. ރަނގަޅަށް ދައްކާވާހަކައަޑު އަހާށެވެ. އަނބިމީހާގެ ދުވަސްހޭދަކުރި ގޮތާއި މެދު ސުވާލުކުރާށެވެ. މިހެން ކަމުން އަނބިމީހާ ވާހަކައެއް ދައްކަންޏާ ރަނގަޅަށް އަޑުއެހުން ވަރަށް މުހިންމެވެ
5- މާނަފުން ވާހަކަތައް ހިއްސާކުރުން
ކައިވެނި ކުރުމަށް ފަހު ދެން އޮންނަ އެން މެ މުހިންމު ކަމަކީ އެކަކު އަނެކަކަށް ދިރިއުޅުމުގައި ދިމާވާ ދަތިތަކާއި އުފަލުގެ ވާހަކަ ހިއްސާކުރުމެވެ. ދިރި އުޅުން ދަމަހައްޓަން އެކަކު އަނެކަކު ގަދައަޅާ މަސައްކަތްކުރުމެވެ. މިކަންތައް ކުރެވޭނީ ވީހާވެސް ގިނައިން ދެމީހުން ގެ ވާހަކަތައް ޙިއްސާކޮށް ކަންތައް ހައްލުވާނެ ގޮތުގެ މަޝްވަރާކޮށް އެކަކު އަނެކަކު ގެ ވާހަކަޔަށް އިހްތިރާމްކޮށް އެއްބާރުލުން ދީގެންނެވެ
6- ހަދިޔާ ދިނުން
ކާން ގެޔަށް އަންނަ ގަޑީގައި ހަފަތާޔަކު އެއްދުވަހު ނަމަވެސް ކޮންމެވެސް މީރު ކާއެއްޗެއް އަނބިމީހާ ތައްޔާރުކޮށް ފައި ސަޕްރައިޒް އެއްގެ ގޮތުގައި ދެވެންޏާ މިފަދަ ސަޕްރައިޒެއް ހަފްތާއަކު އެއްފަހަރު ފިރިންގެ ފަރާތުން އަނބިންނަށް ނުދެވެންވީ ސަބަބެއް ނެތެވެ. އަނބިމީހާ އުފާކޮށް ދިނުމުގެ ގޮތުން ބޭރަށް ކެއުމަކަށް ގެންގޮސް ނޫނީ އުފާވާ ކޮންމެވެސް ތަނަކަށް ގެންގޮސްދީ ހެދިދާނެއެވެ. އަގުބޮޑެތި އެއްޗިހިގަނެ ނުދިނަސް އުފާވެރި ވަގުތު ކޮޅެއް ހޭދަކޮށްލުމަކީ ވަރަށް ވެސްއަގުހުރި ވަގުތަކަކަށް ވާނެއެވެ. އަނިބިމީހާޔާ ހިއްސާނުކޮށް އޭނަގެ އުފަލައްޓަކާ ކަންތައްތައް ރާވާފައިވާކަން އެނގުމުން ހީވެސް ނުކުރާހާ އުފާވެރިކަން ލިބިދޭނެއެވެ