English Edition
Dhivehi Edition

ފާހާނާ ތަށިގަނޑު ސާފު ކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭކަމެކެވެ. އެންމެންގެ އުންމީދަކަށްވާނީ އެގެއެއްގެ ފާހާނާ ތަށިގަނޑު ސާފުވެފައި މީރުވަސް ފާހާނާތެރޭގައި ދުވުމެވެ. ކޮންމެ ގޮތެއްވިޔަސް އެކަކު އަނެކަކަށް ޖައްސައިގެން މިކަން ކުރެވޭކަށް ނޯވެއެވެ. މިކަމަކީ ފާހާނާ ބޭނުން ކުރާ ހުރިހާ އެންމެންވެސް މަދުވެގެން ހަފްތާއަކު އެއްފަހަރު ކުރަންޖެހޭކަމެކެވެ. ނަމަވެސް ބޮޑު އާއިލާއެއް އެއްފާހާނާ އެއް ބޭނުން ކުރަންޏާ ހަފްތާއަކު 3 ނޫނީ ހަތަރު ފަހަރު ސާފުކުރަންޖެހޭ ފަހަރު ވެސް އާދެއެވެ.

އާންމު ގޮތެއްގައި ގޭތެރޭގެ ކަންކަމުގައި ބިޒީ ވެ އުޅެ ފާހާނާ ތަށިގަނޑު ސާފު ނުކުރެވި ދެއެވެ. މިހެން ވަންޏާ ތަށިގަނޑު ތެރޭގައި ކަޅުތިކި ޖަހަންފަށައެވެ. ހާއްސަކޮށް ތަށިގަނޑުގެ އަރިމަތީ ކައިރިފަށަލުގައި މިކަޅު ތިކިތައް ފާޅުވެއެވެ. މިގޮތަށް ދިމާވުމުން ބާޒާރުގައި އަގުބޮޑުކޮށް ހުންނަ “ޓޮއިލްޓް ކްލީނަރ” ގަންނަންޖެހެއެވެ. އެހެން ނަމަވެސް ތިރީގައި މިގެނެސްދެނީ ގޭގައި އަމިއްލައަށް ހަރަދު ކުޑަކޮށް ފާހާނާ ތަށިގަނޑު ސާފުކޮށް ރީތި ކޮށްލެވޭނެގޮތެކެވެ .

ފާހާނާ ތަށިގަނޑަށް ވިނެގަރ އަޅާފައި ބަހައްޓާށެވެ. ނޫނީ ވިނެގަރ އިން ޓިޝޫކޮޅެއް ތެންމާލުމަށްފަހު ތަށިގަނޑުގެ ހަޑިވެފައި ހުރި ތަންތަނުގައި ތަތްކޮށްފައި ބަހައްޓާށެވެ. ރޭގަނޑު މިގޮތަށް ހެދުމަށްފަހު ބަހައްޓާނީ ހެނދުނުވަންދެންނެވެ. ދެންފާހާނާ ސާފުކުރާ ބުރުސްބޭނުން ކޮށްގެން ސާފުކޮށްލުމުން އެދެވޭ ރަނގަޅު ނަތީޖާފެންނާނެއެވެ.