ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ހޮސްޕިޓަލަށް ގިނަ އަދަދެއްގެ މުވައްޒިފުން ނަގަން އިއުލާންކޮށްފިއެވެ.
ގއ. އަތޮޅު ހޮސްޕިޓަލުން މުވައްޒިފުން ހޯދުމަށް ކޮށްފައިވާ އިއުލާނުގައި ބުނީ މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 09 ޖޫން 2021 14:00 ގެ ކުރިން، ގއ.އަތޮޅު ހޮސްޕިޓަލަށްކަމަށެވެ. އަދި ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ga.atollhospital@health.gov.mv މެދުވެރިކޮށް ވެސް ބަލައިގަނެވޭނެކަމަށް މި އިއުލާނުގައިވަނީ ބުނެފައެވެއަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެކަމަށްވެސް ވަނީ ބުނެފައެވެ.
ގއ. އަތޮޅު ހޮސްޕިޓަލުން މުވައްޒިފުން ހޯދުމަށް އިއުލާންކޮށްފައިވާ މަގާމުތަކުގެ ތެރޭގައި:-
މި އިއުލާނުގައި ބުނެފައިވަނީ މި މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ތ.އަތޮޅު ހޮސްޕިޓަލްގެ އޮފީސްބައިން ލިބެންހުންނާނެކަމަށެވެ.
މީގެ އިތުރުން ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)، ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުމުގެ އިތުރަށް ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ހުށަހަޅަންޖެހޭނެކަމަށެވެ.
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 15 ޖޫން 2021 އާއި 25 ޖޫން 2021 އާ ދެމެދު ގއ.އަތޮޅު ހޮސްޕިޓަލް ގައެވެ. އިތުރަށް އިއުލާނުގައި ވަނީއިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި “ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)” އާންމުކޮށް ފެންނާނެހެން ގއ. އަތޮޅު ހޮސްޕިޓަލުގައި ވެބްސައިޓްގައި އާންމުކުރާނެކަމަށެވެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެކަމަށެވެ. .