English Edition
Dhivehi Edition

ކޮވިޑު19 އަށް ފަރުވާ ހޯދަމުން ދިޔަ އުމުުރުން 82 އަހަރުގެ ދިވެހި އަންހެނަކު ނިޔާވެއްްޖެއެވެ.

މިއަދު 8:00 ގައި ނިޔާވެފައި ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ މީހެކެވެ.

މިއީ ކޮވިޑު 19 ގައި ރާއްޖޭން މަރުވި 184 ވަނަ މީހާ އެވެ.އަދި މިއަދު މި ބަލީގައި ނިޔާވި ދެވަނަ މީހާއެވެ. ރޭ 00:47 ހާއިރުކޮވިޑު19 އަށް ފަރުވާ ހޯދަމުން ދިޔަ އުމުުރުން 93 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ނިޔާވެފައެވެ.

އިއްޔެގެ ތަފާސްހިސާބުތަކަށް ބަލާއިރު، ހޮނިހިރު ދުވަހު މުޅި ރާއްޖެ އިން 590 މީހަކު ވަނީ ޕޮސިޓިވްވެފަ އެވެ. އަދި އޭގެ ތެރެއިން 389 މީހުން ޕޮޒިޓިވްވެފައިވަނީ މާލެ ސަރަހައްދުންނެވެ.