އެންމެ ބިރުގަންނަ އަދި ކަންބޮޑުވާ އެއް ކަމަކީ މީހުން ފޮނުވާފައި ހުންނަ މެސެޖުތައް ލަހުން ފެންނާނެތީކަމަށް އައިޖީއެމްއެޗްގެ އެތެރެހަށީގެ ހާއްސަ ޑޮކްޓަރު މުހައްމަދު އަލީ އެދިވަޑައިގެންފިއެވެ.
ޑޮކްޓަރު މުހައްމަދު އަލީ ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ދިމާވާ ކުއްލި ހާލަތަކާއި ގުޅިގެން ކަމެއް ސާފު ކޮށްލަން ބޭނުންވާނަމަ ޓުވިޓާގައި ޓެގުކޮށްލަން ނުވަތަ މެސުޖު ކުރައްވުމަށް އެދިވަޑައިގަންނަވާކަމަށެވެ.
އިތުރަށް ޑޮކްޓަރު މުހައްމަދު އަލީ ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި މެސެޖުކުރުމުގެ ބަދަލުގައި އެންމެ ބޮޑަށް އެދެނީ ޓްވިޓާގައި ޓެގްކުރައްވަން ކަމަށާއި އޭރުން ތަންކޮޅެއް އަވަހަށް މެސެޖް ފެނިގެންދާނެކަމަށެވެ.
ކުދިކުދި ކަންކަމުގައިވެސް ބައެއް ފަހަރު އާންމުންގެ ފަރާތުން ސުވާލު އަންނާތީ އާއްމުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ޑޮކްޓަރު މުހައްމަދު އަލީ ހަދާފައިވާ ވައިބަރ ގްރޫޕް މެދުވެރިކޮށްވެސް މީހުންގެ ސުވާލުތަކަށް ޖަވާބު ދެއެވެ، އަދި ޕްރައިވެޓްކޮށް ޑޮކްޓަރާއި ވާހަކަ ދައްކާލަން ބޭނުން ނަމަ އެ ފުރުސަތުވެސް އާންމުންނަށްވަނީ ހުޅުވާލާފައެވެ.