English Edition
Dhivehi Edition
ރޭންޑް ޕާކް ކޮއްދިއްޕަރު ޕީކޭޑީ-10 ކިޔާ ލޯންޗް

ކ. ގުޅިފަޅު ކައިރިން ދެ ލޯންޗު ޖެހި ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވީ މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް އައިޖީއެމްއެޗްގެ އެމަޖެންސީގައި ފަރުވާދޭކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވެގެން 20 މީހަކު ހޮސްޕިޓަލަށް ގެނައި ކަމަށެވެ. އޭގެތެރެއިން 18 މީހުން މިހާރު ދޫކޮށްލާފައިވާ ކަމަށާއި 2 މީހުންނަށް އަދިވެސް ހޮސްޕިޓަލުގައި ފަރުވާދެމުންދަނީ އައިޖީއެމްއެޗްގެ އެމަޖެންސީ ރޫމް (އީއާރް) ގައި ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ގުޅީފަޅު ކައިރިން ދެ ލޯންޗެއް ޖެހި އެކްސިޑެންޓެއް ރޭ އެކްސިޑެންޓެއް ހިނގާފައި ވާއިރު، ފުލުހުން ބުނެފައި ވަނީ މި އެކްސިޑެންޓްގެ ރިޕޯޓް ރޭ 7:34 ހާއިރު ލިބިފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓް ވެފައިވާ ދެ ލޯންޗުގެ ތެރެއިން އެއް ލޯންޗަކީ އއ. މަތިވެރި އަދި އުކުޅަހަށް ފެރީގެ ހިދުމަތް ދެމުން އަންނަ ލޯންޗެއްކެވެ. އަދި ދެވަނަ ލޯންޗަކީ ކޮއްދިއްޕަރު ރިސޯޓުގެ ސްޓާފް ފެރީއެވެ.