English Edition
Dhivehi Edition
އައިޖީއެމްއެޗް ހޮސްޕިޓަލުގެ ބޭރުގައި ބަޔަކު މަޑުކޮއްލައިގެން -- ސަން ފޮޓޯ

މިދިޔަ ހޯމަ ދުވަހުގެ ރޭ ފުވައްމުލަކުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާ އަށް އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ ދޫނޑިގަން އަވަށުން ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ، ޒިބްރާ ކްރޮސްގެ ޕޯސްޓް ދަނޑީގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވީ އުމުރުން 33 އަހަރުގެ މީހަކަށެވެ.

އެމީހަށް އެންމެ ފުރަތަމަ ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް ވަނީ މާލެ ފޮނުވަލާފައެވެ. މި އެކްސިޑެންޓުގައި ހާލު ސީރިއަސްވި މީހާއަށް އައިސީޔޫގައި ފަރުވާދެމުން އަންނަކަމަށް އައިޖީއެމްއެޗްއިން ވަނީ ބުނެފައެވެ.

ފުވައްމުލައް ސިޓީގައި އަންގާރަދުވަހުގެ ރޭ ވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާއިރު މި ހާދިސާގައި އަނިޔާވި އުމުރުން 27 އަހަރުގެ މީހާ އަށް ފަރުވާ ދިނުމަށް ފަހު، މިހާރު ވަނީ ވޯޑަށް ބަދަލުކޮށްފައެވެ.