English Edition
Dhivehi Edition
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް. ފޮޓޯ:ގޫގުލް

އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓް ޖެނެރަލް އެއް ޤާއިމުކުރުމާއި ދެކޮޅަށް, އައްޑޫ ސިޓީ ޒުވާނުން އިސްނަގައިގެން ޕެޓިޝަނެއްގައި (8BL6CGcqOJ) ސޮއިކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އިދިކޮޅު ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި އައްޑޫ ހިތަދު އަށް އުފަން ޒާހިދު ރަމީޒު އިސްނަގައިގެން ހުޅުވައިލި މި ޕެޓިޝަނުގައި މިހާތަނަށް 800 އަށްވުރެ ގިނަ މީހުން ސޮއިކޮށްފައިވާއިރު، މި ޕެޓިޝަން ހުށަހެޅުމަށް 1000 މީހުންގެ ސޮއި ބޭނުންވެއެވެ.

ރައީސް އިބްރާހިމް މުހައްމަދުގެ ސޯލިހަށާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިތުރުން އައްޑޫގެ މޭޔަރު އަލީ ނިޒާރަށް ހުށަހެޅުމަށް ނިންމާފައިވާ މި ޕެޓިޝަނުގައި ބުނެފައިވަނީ އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް އަޅަން އެ ގައުމުގެ ކެބިނެޓުން ނިންމީ މިކަމާ މެދު އައްޑޫގެ ރައްޔިތުންގެ ހިޔާލު ހުރި ގޮތް ނުބަލައިކަމަށެވެ. އަދި މިކަމަށް އައްޑޫގެ ރައްޔިތުންގެ އިޒުނަ ވެސް ހޯދާފައިނުވާކަން ފާހަގަކޮށް އެ ޕެޓިޝަނުގައި ބުނެފައިވަނީ މިފަދަ ނިންމުމެއް ނިންމަން ވާނީ އައްޑޫ މީހުންގެ ރުހުންވެސް ލިބިގެން ކަމަށެވެ.

މި ޕެޓިޝަނުގައި ސޮއިކުރާ ފަރާތްތަކުންވަނީ އްޑޫ ރައްޔިތުންގެ ހިޔާލު ނުހޯދާއި އެ ސިޓީގެ މެޖޯރިޓީ ރައްޔިތުން އެއްބަސްވާ ގޮތެއްވެސް ބެލުމެއް ނެތި އިންޑިއާގެ ކޮންސިއުލޭޓެއް އެޅުމަށް ހުއްދަ ނުދިނުމަށް ސަރުކާރަށް ގޮވާލާފައެވެ.

އިންޑިއާގެ ކޮންސިއުލޭޓެއް ގައިމުކުރުން އައްޑޫ ރައްޔިތުންނަށް ވާނީ ފައިދާބާ؟

މި މަހުގެ 25 ވަނަ ދުވަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޗެއާ ކުރެއްވި ޔޫނިއަން ކެބިނެޓްގެ ބައްދަލުވުމެއްގައި އެ ގައުމުގެ ކެބިނެޓުން ވަނީ އައްޑޫގައި، އިންޑިއާގެ ކޮންސިއުލޭޓް ޖެނެރަލް އެއް ޤާއިމު ކުރަން ނިންމާފައެވެ. މިކަމާއި ގުޅިގެން ސަރުކާރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވީ އިންޑިޔާގެ ކޮންސިއުލޭޓެއް އައްޑޫގައި ޤާއިމުކުރުމަށް ނިންމި ނިިންމުމަކީ އިންޑިޔާ ސަރުކާރުން ނިންމާފައިވާ ނިންމުމެއް ކަމަށާއި، އެ ނިންމުމާ ގުޅޭ ކަންކަން އިންޑިއާއިން ހިއްސާކުރާނެ ކަމަށާއި، އަދި އެކަމުގައި ގޮތެއް ނުނިންމަވާ ކަމަށެވެ.

2 ކޮމެންޓް
Haseena
މެއި 30, 2021
Nikan keren yaa . Raaje ge consulate office hey Maliku gaa gaim kobala. Nooni malikaa raaje aai dheymedhu flight in gulhaa labala .
hasanu
މެއި 30, 2021
Mi sitee rayyithun ge mejoaritee eothee rayyithun ge majlis in fennan. Dhen kon petishaneh baa. Petishanu ga soikuree addu meehun baa. Addu rayyithun thameelu kuraanee adduvrayyithun hovaafa oiy raytithun ge majuleehaa kaunsilun. Addu rayyithun vote dheegen hovi petishaneh noannaane.