English Edition
Dhivehi Edition
ފޮޓޯ: ވަން އޮންލައިން

ކޮވިޑް-19 ޖެހިގެން ގއ.ވިލިނގިލީގައި ފަރުވާ ދެމުން ދިޔަ މީހަކު ނިޔާވެއްޖެއެވެ.

ވިލިނގިލީގައި ހުންނަ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައިވަނީ އެ އަތޮޅު ދާންދޫ، 68 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން ނިޔާވި މީހާއަކީ، މި މަހުގެ 17 ވަނަ ދުވަހު ބަލިވެގެން ދާންދޫ ސިއްޙީ މަރުކަޒަށް ދެއްކި މީހެކެވެ. އަދި 18 ވަނަ ދުވަހު އެމީހާގެ ސާމްޕަލްގެ ނަތީޖާ ލިބުނު އިރު ބައްޔަށް ޕޮޒިޓިވްވެފައިވާއިރު އޭނާ ވިލިގިނލީ ފެސިލިޓީއަށް ބަދަލުކުރީ މި މަހުގެ 19 ވަނަ ދުވަހުއެވެ.

ދާންދޫން ބަޔަކު ކޮވިޑަށް ފައްސިވުމުން އެރަށް މޮނިޓަރިންއަށް ލާފައިވާއިރު އެ ރަށުން ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 179ކަށް އަރާފައެވެ.