English Edition
Dhivehi Edition

ކޮވިޑް19 އަށް ފަރުވާ ހޯދަމުން ދިޔަ އައްޑޫ ސިޓީ ހުޅުދޫ މީހަކު ނިޔާވެއްޖެއެވެ،

މައުލޫމާތު ލިބިފައިވާ ގޮތުން އައްޑޫ އިކުޓޯރިއަލް ހޮސްޕިޓަލުގެ ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ނިޔާވިމީހާއަކީ އުމުރުން 91 އަހަރުގެ ދިވެހި ފިރިހެނަކެވެ. މިއީ އައްޑޫއިން ކޮވިޑް ބަލީގައި ނިޔާވި ދެވަނަ މީހާއެވެ.

އައްޑޫ އިމެޖެންސީ އޮޕަރޭޝަން ސެންޓަރުން ނެރުނު ތަފާސް ހިސާބުތަކަށް ބަލާއިރު އައްޑޫ އިން ޖުމްލަ 238 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރެއިން 47 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ.

އައްޑޫގެ އެކްޓިވް ކޭސްތަކުގެ އަދަދު 190 އަށް އަރާފައިވާއިރި ހިތަދޫއިން 106 މީހަކު، ފޭދޫގައި 10މީހަކު ހުޅުދޫގައި 52 މީހަކު އަދި މީދޫގައި ހަތް މީހަކު، މަރަދޫގައި 10 މީހަކު އަދި މަރަދޫފޭދޫގައި 02 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ

ޓެގު