English Edition
Dhivehi Edition
ފޮޓޯ: ރައީސް އޮފީސް

ރައްޔިތުން ދައްކަން ޖެހޭ ބައެއް ބިލުތަކުން ބޮޑެތި ޑިސްކައުންްޓްތަކެއް ދިނުމަށް ސަރުކާރުން ނިންމާފައިވާކަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި މުޅި ރާއްޖޭގައި ހުރިހާ ގެއެއްގެ ފެން ބިިލުން 30 ޕަސެންޓް، އަދި ކަރަންޓު ބިލުން 40 ޕަސެންޓުގެ ޑިސްކައުންޓެއް ދޭން ނިންމާފައިވާ ކަމަށެވެ. އަދި ވިޔަފާރިތަކުގެ ފެނާއި ކަރަންޓު ބިލުންވެސް ލުއި ދިނުމަށް ނިންމާފައިވާއިރު، ވިޔަފާރިތަކުގެ ފެނާއި ކަރަންޓު ބިލުން 20 ޕަސަންޓު ޑިސްކައުންޓު ދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރަށް ރައީސް ވިދާޅުވީ މިދިޔަ އަހަރެކޭ އެއްގޮތަށް ކުދި ވިޔަފާރިތަކަށް އަމާޒުކޮށް ކޮވިޑްގެ ރިލީފް ލޯނުގެ ގޮތުގައި ދެމުން އައި ލޯނު ދޫކުރަން، މި އަހަރު ވެސް ފަށާނެ ކަމަށެވެ.އަދި ދޫކުރާ ލޯނު، ކެފޭ ރެސްޓޯރެންޓްތަކާއި ކުދި އެހެން ވިޔަފާރިތަކަށް ވެސް ދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ދެމުން އައި އިކޮނޮމިކް ރިކަވަރީ ލޯނުތައް ވެސް ކުރިއަށް ގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ކުރިއަށް އޮތްތަނުގައިވެސް ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި. ސަަރުކާރުގެ ކެރިފޯރުންތެރިކަން ހުރި މިންވަރުން އިތުރު އެހީތައް ދެއްވާނެކަމުގެ ޔަގީންކަންވެސް ރައީސްވަނީ ދެއްވާފައެވެ.