English Edition
Dhivehi Edition
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް

އައްޑޫސިޓީން އިތުރު 15 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މީހުން ޕޮޒިޓިވްވެފައިވަނީ ހިތަދޫ، މަރަދޫ، މަރަދޫފޭދޫގެ އިތުރުން ހުޅުދޫއިންނެވެ.

ފާއިތުވި ސައުވީސް ގަޑިއިރުގެ ތެރޭގައި ހިތަދޫ އިން އިތުރު ފަސް މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު ހުޅުދޫ އިންވެސް ވަނީ އިތުރު ފަސް މީހަކު ޕޮޒިޓިވްވެފައެވެ. މީގެ އިތުރުން މަރަދޫ އިން ހަތަރު މީހަކު ޕޮޒިޓިވްވެފައިވާއިރު މަރަދޫފޭދޫ އިން އެކަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.

އައްޑޫ އިން ޖުމްލަ 238 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރެއިން 47 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ.

އައްޑޫގެ އެކްޓިވް ކޭސްތަކުގެ އަދަދު 190 އަށް އަރާފައިވާއިރި ހިތަދޫއިން 106 މީހަކު، ފޭދޫގައި 10މީހަކު ހުޅުދޫގައި 52 މީހަކު އަދި މީދޫގައި ހަތް މީހަކު، މަރަދޫގައި 10 މީހަކު އަދި މަރަދޫފޭދޫގައި 02 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ .

އައްޑޫގައި މިވަގުތު ހަތަރު މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު އައްޑޫސިޓީއިން މި ބަލި ޖެހިގެން އެކަކު ވަނީ ނިޔާވެފައެވެ.