English Edition
Dhivehi Edition
02 ފެބުރުވަރީ 2021: ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވާޗުއަލްކޮށް ބައިވެރިވެވަޑައިގަންނަވަނީ - ފޮޓޯ: ރައީސް އޮފީސް

އިންޓަނެޓުގެ އަގު ހެޔޮކޮށް، އާ އަގުތައް އިއުލާންކުރުން އަނެއްކާ ވެސް ފަސްކޮށްފި އެވެ.

އެންމެ ފުރަތަމަ އާ އަގުތައް އިއުލާންކުރުމަށް ނިންމީ މި މަހުގެ 24 ވަނަ ދުވަހުއެވެ. އެހެންނަމަވެސް އެ ތާރީހް 25 މެއި އަށް ބަދަލުކޮށްފައިވާއިރު ، މިއަދުވަނީ އަނެއްކާވެސް އެ ތާރީހް ފަސްކޮށްފައެވެ.

ކޮވިޑްގެ ހާލަތު ގޯސްވެފައިވާތީ އަގުތައް އިއުލާން ކުރުން މިހާރު ފަސްކޮށްފައިވާއިރު އިންޓަނެޓުގެ ހިދުމަތާ ގުޅޭ ސަރުކާރުގެ އާ ސިޔާސަތު، މި މަހުގެ 27 ވާ ބުރާސްފަތި ދުވަހުގެ 10 ޖަހާއިރު އިއުލާނު ކުރާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވަނީ ވިދާޅުވެފައެވެ.

އިންޓަނެޓުގެ އަގު ހެޔޮ ކުރަން ސަރުކާރުން ވެފައިވާ ވައުދު ފުއްދުމުގެ ގޮތުން މީގެ ކުރިން އިންޓަނެޓްގެ ޚިދުމަތް ދެމުންދާ ފަރާތްތަކާ ސަރުކާރުން ވަނީ ބައްދަލުކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން. މި ބައްދަލުވުމުގައި ސަރުކާރުން ވަނީ އިންޓަނެޓްގެ އަގަށް ގެންނަން ފެންނަ ބަދަލުތައް ހުށަހަޅާފައެވެ. މި ގޮތުން ސަރުކާރުން ހުށަހަޅާފައިވަނީ 5 އެމްބީޕީއެސް ސްޕީޑްގައި 30 ޖީބީ 200 ރުފިޔާއަށް ދިނުމަށާއި، 15 އެމްބީޕީއެސް ސްޕީޑްގައި 100 ޖީބީ 500 ރުފިޔާއަށް ލިބޭ ގޮތް ހެދުމަށެވެ.އަދި 25 އެމްބީޕީއެސް ސްޕީޑްގައި 200 ޖީބީ 750 ރުފިޔާއަށް ލިބޭ ގޮތަށް ހެދުމަށްވެސް ސަރުކާރުން ވަނީ ހުށަހަޅާފައެވެ.