English Edition
Dhivehi Edition

ކޮވިޑް19 އަށް ފަރުވާ ހޯދަމުން ދިޔަ އައްޑޫ ސިޓީ ހިތަދޫ މީހަކު ނިޔާވެއްޖެއެވެ،

މައުލޫމާތު ލިބިފައިވާ ގޮތުން އައްޑޫ އިކުޓޯރިއަލް ހޮސްޕިޓަލުގެ ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށް މިރޭ ނިޔާވިމީހާއަކީ އުމުރުން 83 އަހަރުގެ ދިވެހި ފިރިހެނަކެވެ. މިއީ އައްޑޫއިން ކޮވިޑް ބަލީގައި ނިޔާވި ފުރަތަމަ މީހާއެވެ. އަދި މިއަދުގެ މިހާތަނަށް ކޮވިޑް ބަލީގައި ނިޔާވި 11 ވަނަ މީހާއެވެ.

އައްޑޫ އިމެޖެންސީ އޮޕަރޭޝަން ސެންޓަރުން ނެރުނު ތަފާސް ހިސާބުތަކަށް ބަލާއިރު މިއަދު އިރު އޮއްސި 18:00 އާއި ހަމައަށް އިތުރު 17 މީހަކު ޕޮޒިޓިވްވެ ޖުމްލަ އަދަދުވަނީ 223 އަށް އަރާފައެވެ. އެކްޓިވް ކޭސް ތަކުގެ އަދަދު ޖުމްލަ 176 އަކަށް އަރާފައިވާއިރު ފަސް މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

އައްޑޫގައި ކޮވިޑްގެ ނުރައްކާ ބޮޑުވަމުން އަންނައިރު ބަލި ކޮންޓްރޯލްކުރުމަށްޓަކައި ހަވީރު 16:00 އިން ފެށިގެން ފަތިހު 04:00 އަށް ކާފިއުވަނީ އިއުލާންކޮށްފައެވެ.