ކޮވިޑު-19 ގައި މިއަދު ރާއްޖެއިން ނިޔާވި މީހުންގެ އަދަދު 10 އަށް އަރައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް 86 އަހަރުގެ ޖަޕާނު ފިރިހެނަކު ނިޔާވެފައިވާކަމަށެވެ. އޭނާ ނިޔާވީ މިރޭ 7:53 ގައެވެ. މިއީ ރާއްޖެއިން ނިޔާވި 139 ވަނަ މީހާ އެވެ.
ފާއިތުވި ސައުވީސް ގަޑިއިރުތެރޭ ޖުމަލް 10 މީހަކު ކޮވިޑް ބަލީގައި ނިޔާވެފައިވާއިރު:
- ފުރަތަމަ މަރެއް ރެކޯޑްކުރީ ރޭ މެންދަމު 2:02 ގައެވެ. އެއީ އުމުރުން 81 އަހަރުގެ ދިވެހި ފިރިހެނެކެވެ.
- މިއަދުގެ ދެވަނަ މަރު ރޭ ފަތުހު 3:18 ގައި 77 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ނިޔާވެފައެވެ
- މިއަދުގެ ތިންވަނަ މަރު: ފަތިހު 4:25 ގައި އުމުރުން 58 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ނިޔާވެފައެވެ.
- މިއަދުގެ ހަތަރުވަނަ މަރު: ހެނދުނު 6:55 ގަައި އުމުރުން 93 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ނިޔާވެފައެވެ
- .މިއަދުގެ ފަސްވަނަ މަރު: ހެނދުނު 7:44 ގައި އުމުރުން 85 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ނިޔާވެފައެވެ.
- .މިއަދުގެ ހވަނަ މަރު: އޭގެ ކުރިން ހެނދުނު 11:05 ގައި އުމުރުން 87 އަހަރުގެ މީހަކު ވަނީ ނިޔާވެފައެވެ. އެއީ ޅ. ހިންނަވަރު ހެލްތް ސެންޓަރުގަައި ފަރުވާ ދެމުން އައި މީހެކެވެ.
- .މިއަދުގެ ހަތްވަނަ މަރު: މެންދުރު 2:25 ގައި 78 އަހަރުގެ ދިވެހި އަންހެނަކުވަނީ ނިޔާވެފައެވެ
- .މިއަދުގެ އަށްވަނަ މަރު: މިއަދު މެންދުރު 2:50 ގައި އުމުރުން 78 އަހަރުގެ ދިވެހި އަންހެނަކުވަނީ ނިޔާވެފައެވެ.
- މިއަދުގެ ނުވަ ވަނަ މަރު: މިއަދު އިރުއޮއްސި 6:48 ގައި އުމުރުން 41 އަހަރުގެ ދިވެހި އަންހެނަކު ވަނީ ނިޔާވެފައެވެ
- މިއަދުގެ ދިހަ ވަނަ މަރު: މިރޭ 1:53 ގައި އުމުރުން 86 އަހަރުގެ ޖަޕާނު ފިރިހެނަކު ވަނީ ނިޔާވެފައެވެ.