English Edition
Dhivehi Edition
ގެވެށި އަނިޔާ އާއި ދެކޮޅަށް ތައްޔާރުކޮށްފައިވާ ޕޯސްޓަރެއް - ފޮޓޯ: ދަ ޖަކާޓާ ޕޯސްޓް

ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސަ, މިދިިޔަ އަންގާރަ ދުވަހުގެ ރޭ ގެވެށި އަނިޔާގެ އަމަލެއް ހިންގި ކަމަށް ބުނެ އޭނާގެ ކުރީގެ އަންހެނުން އަދި ނާއިބު ރައީސް ފައިސަލް ނަސީމްގެ ކޮއްކޮ އަސްރާ ނަސީމް (އަސޫ) ފުލުހަށް ހުށަހެޅި މައްސަލަ ކުރިއަށް ނުގެންދަން އޭނާ ފަރާތުން އެދިފައިވީ ނަމަވެސް އެ މައްސަލަ ކުރިއަށް ގެންދާނެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މެމްބަރު އީސަގެ ފަރާތުން އަސްރާއަށް ލިބުނު އަނިޔާތަކާއި ގުޅިގެން އޭނާ ފުލުހުންނަށް ބަޔާންވެސް ދީފައިވާއިރު، އަސްރާ އަށް ވަނީ ލިބުނު އަނިޔާތަކަށް އައިޖީއެމްއެޗްގައި ފަރުވާ ވެސް ދީފައެވެ. އެހެންނަމަވެސް މިއަދު އަސްރާ ވަނީ އެ މައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވާ ކަަމަށް ބުނެ ފުލުހުންގެ އިދާރާއަށް ސިޓީއެއް ފޮނުއްވާފައެވެ.

މިކަން ޔަގީންކޮށްދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އަސްރާގެ ސިޓީއެއް މިއަދު ލިބިފައިވާ ކަމަށާއި އެހެންނަމަވެސް ފަށާފައިވާ ތަހުގީގު ކުރިއަށް ގެންދާނެ ކަމަށެވެ.

މި މައްސަލަ ތަހުގީގުގެ މައިގަނޑު މަސައްކަތްތައް ނިމި ޕީޖީ އޮފީހަށް ހުށަހެޅުމުގެ މަރުހަލާ ފެށިފައިވާއިރު އީސާގެ މައްޗަށް ތުހުމަތު ކުރެވި ތަހުގީގު ކުރަމުންދާ މައްސަލައާއި ގުޅިގެން އޭނާ ހައްޔަރު ކުރުމުގެ އަމުރަކަށް އެދި ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހެޅުމުން އެފަދަ އަމުރެއް ނެރެދެވޭނެ ތަނެއް ނެތްކަމަށް އެ ކޯޓުންވަނީ ނިންމާފައެވެ.

ހާދިސާ އާއި ގުޅޭ ގޮތުން އީސަގެ ދޮށީދަރިފުޅުގެ ވާހަކަތައް ތަފާތު!