ތިންވަނަ ގެވެށި އަނިޔާ ހުއްޓުވުމުގެ ޤައުމީ ސިޔާސަތުގެ އެކްޝަން ޕްލޭނާ ގުޅިގެން ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ) އިން މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ.
އެފްޕީއޭ އިން ބުނީ އިއްޔެ ކުރިއަށްގެންދިޔަ މި މަސައްކަތު ބައްދަލުވުމުގައި ދައުލަތުގެ އެކިއެކި މުއައްސަސާތަކުންނާއި މަދަނީ ޖަމްޢިއްޔާތަކުން 50 ބައިވެރިން މި ވެލިޑޭޝަން ވާކްޝޮޕްގައި ބައިވެރިވެފައިވާ ކަމަށެވެ.
The development of a collaborative action plan is a crucial first step towards the implementation of the 3rd DVPNS. The feedback and discussions generated during the validation process will inform the revision and finalization of the Action Plan.
2/3— Family Protection Authority (@FPAMaldives) May 9, 2023
އެފްޕީއޭ އިން ބުނީ އެންމެން ގުޅިގެން މަސައްކަތްކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލުމަކީ ތިންވަނަ ގެވެށި އަނިޔާ ހުއްޓުވުމުގެ ޤައުމީ ސިޔާސަތު ތަންފީޒުކުރުމަށް އެޅޭ މުހިންމު ފުރަތަމަ ފިޔަވަޅެއް ކަމަށެވެ. އަދި މި މަސައްކަތު ބައްދަލުވުމުގެ ތެރެއިން ލިބުނު ކޮމެންޓްތަކާއި ކުރެވުނު މަޝްވަރާތަކުގެ އެހީގައި އެކްޝަން ޕްލޭން އިސްލާހުކޮށް ފައިނަލްކޮށް ނިންމުމަށް ބޭނުންވާ މަޢުލޫމާތު ލިބިގެންދާނެ ކަމަށްވެސް އެ އޮތޯރިޓީން ބުނެފައިވެއެވެ.
މީގެ އިތުރުން، އެފްޕީއޭ އިން ވަނީ އެކްޝަން ޕްލޭން ހަރުދަނާކުރުމަށް އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.