English Edition
Dhivehi Edition

މިނިސްޓްރީ އޮފު އެންޑް ޖެންޑާރ އެންޑް ސޯޝަލް ސާވިސްއިން އާންމުކުރި ގެވެށި އަނިޔާއާއި ބެހޭ ތަފާސް ހިސާބު ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓާގައި، ގެވެށިއަނިޔާގެ މައްސަލަތައް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އާބާދީގެ ގޮތުން އެންމެ ބޮޑެތި ރަށްތަކުންނެވެ. އެގޮތުން މާލޭ ސިޓީ، އައްޑޫ ސިޓީ، ހުވަދުއަތޮޅު ދެކުނުބުރި އަދި ފުވައްމުލައް ސިޓީ ހިމެނެއެވެ.

މިއަހަރު މާރިޗު 8ވަނަ ދުވަހު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި، އަންހެނުންގެ ހާލަތާމެދު ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޢާއިޝަތު މުޙައްމަދުދީދީ ވިދާޅުވީ ފުރަބަންދުގެ ތެރޭގައި ގެވެށި އަނިޔާއާއި އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާ އިތުރު ވެގެން ހިނގައްޖެކަމުގައެވެ. މިނިސްޓަރ އައިޝާ އިތުރަށް ވިދާޅުވިގޮތުގައި، ގެވެށި އަނިޔާތައް އިތުރު ވެގެން ދިއުމަކީ ކޯވިޑް-19 ގެ ހާލަތުގައި ފުރަބަންދުގައި ތިބެން ޖެހުމާ ގުޅިގެން ފާހަގަ ކުރެވުނު އެއް މައްސަލަ ކަމުގައެވެ.

“މައްސަލަތައް އިތުރުވުމާއި ގުޅިގެން އަމިއްލަ ޖަމްޢިއްޔާތަކުންނާއި އަދި އާންމު ފަރުދުންވެސް މިކަން ވަނީ ތަފާތު ފޯރަމްތަކުގައި ޙިއްޞާކޮށްފައި. އެހެންކަމުން، އަމިއްލަ ޖަމިއްޔާތަކާއި ކަމާ ގުޅޭ މުއައްސަސާތަކާއެކު މަޝްވަރާތަކެއް ބޭއްވުނު. އަދި މިމަޝްވަރާތަކުގައި ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ޚިދުމަތް ފޯރުކޮށްދޭ ޖަމްއިއްޔާތަކާއި ޚިދުމަތްދޭ ތަންތަން މަދުކަމާއި އަދި ޚިދުމަތް ދިނުމުގައި ތަފާތު ގޮންޖެހުންތައް ހުރިކަން ފާހަގަވެގެން ދިޔަ. އެކަންކަމަށް ހައްލު ހޯދާއި އާންމުން ހޭލުންތެރިކޮށް ޚިދުމަތް ހޯދުމަށް ބާރުވެރިކުރުވައި އަދި ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ހުރި ޚިދުމަތްތައް މިހާރަށްވުރެ ހަރުދަނާކުރުމަށްޓަކައި 15 ޖުލައި 2020ގައި ގެވެށި އަނިޔާ ހުއްޓުވުމަށް “ގެވެށި ގުޅުން” މިނަމުގައި ޤައުމީ ފެންވަރުގައި ކެމްޕެއިނެއް ވަނީ ފަށާފައި.” މިނިސްޓަރ އައިޝާ ވިދާޅުވިއެވެ.

2021 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން މާރިޗް މަހުގެ ނިޔަލަށް (ފުރަތަމަ ކުއަރޓާ) ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް ރިޕޯޓުކޮށްފައިވާ ގެވެށި އަނިޔާގެ މައްސަލަތަކުގެ ތަފާސްހިސާބު ދައްކާ ގޮތުން، މިމުއްދަތުގައި،އެ އޮތޯރިޓީއަށާއި، އެހެން މުއައްސަސާތަކުން ރިޕޯޓުކޮށްފައިވާ ޖުމުލަ 192 ގެވެށި އަނިޔާ ހުށައެޅުނުކަމަށް ވެއެވެ. އެގޮތުން އެއޮތޯރިޓީއަށް ސީދާ ހުށައެޅުނު 2 މައްސަލައަކާއި، މޯލްޑިވްސް ޕޮލިސް ސާވިސްއިން އޮތޯރިޓީއަށް ރިޕޯޓުކުރި 79 މައްސަލައަކާއި، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން އެ އޮތޯރިޓީއަށް ރިޕޯޓުކުރި 88 މައްސަލައަކާއި، ޞިއްޙީ ޚިދުމަތްދޭ ފަރާތްތަކުން އެ އޮތޯރިޓީ އަށް ރިޕޯޓުކުރި 23 މައްސަލައެއް ހިމެނެއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް އިން އެ އޮތޯރިޓީއަށް ރިޕޯޓުކޮށްފައިވާ ގެވެށި އަނިޔާގެ މައްސަލަތައް ރިޕޯޓުކުރި ސްޓޭޝަންތަކުގެ އަދަދުތައް ކަމަށް ތަފާސް ހިސާބުގައި އާންމުކޮށްފައިވާ ގޮތުން، ފެމިލީ އެންޑް ޖެންޑަރ އެފެއާރޒް ޑިޕާޓްމަންޓް (މާލެ)، 18 މައްސަލަ ، ކްރައިމްސް އެގެއިންސް ޗިލްޑްރަން ޑިޕާޓްމެންޓް (މާލެ) 1މައްސަލަ، ހުޅުމާލެ ޕޮލިސް ސްޓޭޝަން 12 މައްސަލަ، ހދ. ނޮޅިވަރަމް ޕޮލިސް ސްޓޭޝަން 2 މައްސަލަ، ށ. ކަނޑިތ މު ޕޮލިސް ސްޓޭޝަން 1މައްސަލަ، ނ. ލަންދޫ ޕޮލިސް ސްޓޭޝަން 1 މައްސަލަ، ރ. މީދޫ ޕޮލިސް ސްޓޭޝަން 1 މައްސަލަ ،ރ. އުނގޫފާރު ޕޮލިސް ސްޓޭޝަން 1މައްސަލަ ، ޅ. ހިންނަވަރު ޕޮލިސް ސްޓޭޝަން 3 މައްސަލަ، އއ. ރަސްދޫ ޕޮލިސް ސްޓޭޝަން 1 މައްސަލަ، އދ. މަހިބަދޫ ޕޮލިސް ސްޓޭޝަން 1 މައްސަލަ، އދ. މާމިގިލި ޕޮލިސް ސްޓޭޝަން 1 މައްސަލަ، ފ. ނިލަންދޫ ޕޮލިސް ސްޓޭޝަން 2 މައްސަލަ، ތ. މަޑިފުށި ޕޮލިސް ސްޓޭޝަން 1 މައްސަލަ، ގދ. ގައްދޫ ޕޮލިސް ސްޓޭޝަން 2 މައްސަލަ، ގދ. ވާދޫ ޕޮލިސް ސްޓޭޝަން 1 މައްސަލަ، ގދ. ތިނަދޫ ޕޮލިސް ސްޓޭޝަން 5 މައްސަލަ، ޏ. ފުވައްމުލައް ޕޮލިސް ސްޓޭޝަން 10 މައްސަލަ، ސ. ހުޅުމ ދޫ ޕޮލިސް ސްޓޭޝަން 3 މައްސަލަ، ސ. ހިތަދޫ ޕޮލިސް ސްޓޭޝަން 12 މައްސަލަ ހިމެނެއެވެ.

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން އެ އޮތޯރިޓީ އަށް ރިޕޯޓުކޮށްފައިވާ ގެވެށި އަނިޔާގެ މައްސަލަތައް ރިޕޯޓުކުރި ސެންޓަރުތަކުގެ ތަފާސްހިސާބު ދައްކާގޮތުން، ސޯޝަލް ސަރވިސް ޑިޕާޓްމަންޓް (މާލެ)30 މައްސަލައެއް، ޗައިލްޑް އެންޑް ފެމިލީ ޕޮރޮޓެކްޝަން ސަރވިސަސް (މާލެ) 31 މައްސަލައެއް،ހދ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރ 1 މައްސަލައެއް ނ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރ 1 މައްސަލައެއް، ރ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރ 1މައްސަލައެއް، މައްސަލައެއް، ޅ.އަތޮޅު ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރ 1 މައްސަލައެއް، އއ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރ 1 މައްސަލައެއް، އދ.އަތޮޅު ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރ 2 މައްސަލައެއް، ވ.އަތޮޅު ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރ 2 މައްސަލައެއް، މ.އަތޮޅު ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރ 1 މައްސަލައެއް ފ.އަތޮޅު ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރ 3 މައްސަލައެއް، ގދ.އަތޮޅު ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރ 2މައްސަލައެއް، ޏ.އަތޮޅު ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރ 4 މައްސަލައެއް، ސ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރަށް ވަނީ 8 މައްސަލައެއް ހުށައެޅިފައިވެއެވެ.

ޞިއްޙީ ޚިދުމަތްދޭ ފަރާތްތަކުން އެއޮތޯރިޓީއަށް ރިޕޯޓުކޮށްފައިވާ ގެވެށި އަނިޔާގެ މައްސަލަތައް ކަމަށް މި ތަފާސް ހިސާބުގައި އާންމުކޮށްފައިވާ ގޮތުން، އައި.ޖީ .އެމް ހޮސްޕިޓަލް (މާލެ) 13 މައްސަލައެއް، އޭ.ޑ .ކޭ ހޮސްޕިޓަލް (މާލެ) 1 މައްސަލައެއް، ހދ. ކުމުންދޫ ހެލްތް ސެންޓަރ 1މައްސަލައެއް،އދ. އަތޮޅު ހޮސްޕިޓަލް 3 މައްސަލައެއް،ނ. ހޮޅުދޫ ހެލްތް ސެންޓަރ 1 މައްސަލައެއް،ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލް (ގދ. ތިނަދޫ) 3މައްސަލައެއް،ފުވައްމުލައް ހޮސްޕިޓަލް 1 މައްސަލަ ހިމެނެއެވެ.

2021 ވަނަ އަހަރު ފުރަތަމަ ކުއާޓަރގައި އެ އޮތޯރިޓީއަށް އަތޮޅުތަކުން ރިޕޯޓުކޮށްފައިވާ ގެވެށި އަނިޔާގެ މައްސަލަތަކުގެ އަދަދު ދައްކާގޮތުން ހދ. އަތޮޅު 4 މައްސަލަ، ށ. އަތޮޅު 1 މައްސަލަ، ނ. އަތޮޅު 3މައްސަލަ،ރ. އަތޮޅު 3މައްސަލަ، ޅ. އަތޮޅު 4 މައްސަލަ، ގްރޭޓަރ މާލެ ރީޖަން 108 މައްސަލަ،އއ. އަތޮޅު 2 މައްސަލަ، އދ. އަތޮޅު 7 މައްސަލަ، ވ. އަތޮޅު 2 މައްސަލަ، މ. އަތޮޅު 1 މައްސަލަ،ފ. އަތޮޅު 5 މައްސަލަ، ތ. އަތޮޅު 1 މައްސަލަ، ގދ. އަތޮޅު 13 މައްސަލަ، ޏ. އަތޮޅު 15 މައްސަލަ އަދި ސ. އަތޮޅު 23 މައްސަލަ ހިމެނެއެވެ.

މިތަފާސް ހިސާބު ދައްކާގޮތުން ގެވެށިއަނިޔާގެ މައްސަލަތައް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ނިސްބަތުން އާބާދީ ބޮޑެތިރަށްތަކުންނެވެ.