ކޮވިޑް-19 ބަލީހައި ރާއްޖެއިން މިއަދު ނުވަ ވަނަ މީހަކު ނިޔާވެއްޖެ އެވެ.
މިއަދު އިރުއޮއްސި 6:48 ގައި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 41 އަހަރުގެ ދިވެހި އަންހެނެކެވެ.
ފާއިތުވި ސައުވީސް ގަޑިއިރުތެރޭ ޖުމަލް 9 މީހަކު ކޮވިޑް ބަލީގައި ނިޔާވެފައިވާއިރު:
- ފުރަތަމަ މަރެއް ރެކޯޑްކުރީ ރޭ މެންދަމު 2:02 ގައެވެ. އެއީ އުމުރުން 81 އަހަރުގެ ދިވެހި ފިރިހެނެކެވެ.
- މިއަދުގެ ދެވަނަ މަރު ރޭ ފަތުހު 3:18 ގައި 77 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ނިޔާވެފައެވެ
- މިއަދުގެ ތިންވަނަ މަރު: ފަތިހު 4:25 ގައި އުމުރުން 58 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ނިޔާވެފައެވެ.
- މިއަދުގެ ހަތަރުވަނަ މަރު: ހެނދުނު 6:55 ގަައި އުމުރުން 93 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ނިޔާވެފައެވެ
- .މިއަދުގެ ފަސްވަނަ މަރު: ހެނދުނު 7:44 ގައި އުމުރުން 85 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ނިޔާވެފައެވެ.
- .މިއަދުގެ ހވަނަ މަރު: އޭގެ ކުރިން ހެނދުނު 11:05 ގައި އުމުރުން 87 އަހަރުގެ މީހަކު ވަނީ ނިޔާވެފައެވެ. އެއީ ޅ. ހިންނަވަރު ހެލްތް ސެންޓަރުގަައި ފަރުވާ ދެމުން އައި މީހެކެވެ.
- .މިއަދުގެ ހަތްވަނަ މަރު: މެންދުރު 2:25 ގައި 78 އަހަރުގެ ދިވެހި އަންހެނަކުވަނީ ނިޔާވެފައެވެ
- .މިއަދުގެ އަށްވަނަ މަރު: މިއަދު މެންދުރު 2:50 ގައި އުމުރުން 78 އަހަރުގެ ދިވެހި އަންހެނަކުވަނީ ނިޔާވެފައެވެ.
- މިއަދުގެ ނުވަ ވަނަ މަރު: މިއަދު އިރުއޮއްސި 6:48 ގައި އުމުރުން 41 އަހަރުގެ ދިވެހި އަންހެނަކު ވަނީ ނިޔާވެފައެވެ.