English Edition
Dhivehi Edition
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް - ފޮޓޯ: ރައީސް އޮފީސް

އިންޓަނެޓުގެ އަގު ހެޔޮކޮށް، އާ އަގުތައް މިއަދު އިއުލާންކުރަން ކުރިން ނިންމާފައިވީ ނަމަވެސް، އަގުތައް އިއުލާންކުރުން މާދަމާ އަށް ފަސްކޮށްފިއެވެ.

އިންޓަނެޓުގެ އަގު ހެޔޮ ކުރަން ސަރުކާރުން ވެފައިވާ ވައުދު ފުއްދުމުގެ ގޮތުން މީގެ ކުރިން އިންޓަނެޓްގެ ޚިދުމަތް ދެމުންދާ ފަރާތްތަކާ ސަރުކާރުން ވަނީ ބައްދަލުކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން. މި ބައްދަލުވުމުގައި ސަރުކާރުން ވަނީ އިންޓަނެޓްގެ އަގަށް ގެންނަން ފެންނަ ބަދަލުތައް ހުށަހަޅާފައެވެ. މި ގޮތުން ސަރުކާރުން ހުށަހަޅާފައިވަނީ 5 އެމްބީޕީއެސް ސްޕީޑްގައި 30 ޖީބީ 200 ރުފިޔާއަށް ދިނުމަށާއި، 15 އެމްބީޕީއެސް ސްޕީޑްގައި 100 ޖީބީ 500 ރުފިޔާއަށް ލިބޭ ގޮތް ހެދުމަށެވެ.އަދި 25 އެމްބީޕީއެސް ސްޕީޑްގައި 200 ޖީބީ 750 ރުފިޔާއަށް ލިބޭ ގޮތަށް ހެދުމަށްވެސް ސަރުކާރުން ވަނީ ހުށަހަޅާފައެވެ.