English Edition
Dhivehi Edition
- ފޮޓޯ: ޕޮލިސް

މާލެ ސަރަހައްދުގައި ކާފިއު ނޫން ވަގުތުގައިވެސް ބޭރަށް ނުކުމެވޭނީ ހާއްސަ ފާހެއް ހިފައިގެންކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކޮށްފިއެވެ.

އެޗްއީއޯސީން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ވިދާޅުވީ ބުދަ ދުވަހުން ފެށިގެން ކާފިއު ނޫން ވަގުތުގައި ކޮންމެ ގެއަކުން ބޭރަށް ނުކުމެވޭނީ ހާއްސަ ފާހެއް ހިފައިގެންކަމަށާއި ކޮންމެ ގެއަކަށްވެސް ދޫކުރުމަށް ހަމަޖެހިފައިވަނީ ދެ ފާސްކަމަށެވެ.

ފާސް ދޫކުރުމަށް ހަމަޖެހިފައިވަނީ ހެނދުނު 8 އިން މެންދުރު 12 އަށް އަދި މެންދުރު 12 އިން ހަވީރު 4ކަށެވެ.

އެޗްއީއޯސީން ބުނީ ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް މިރޭގެ އަށަކުން ފެށިގެން ފާސް ދޫކުރުމަށް ހަމަޖެހިފައިވާކަމަށެވެ. ފާސް ހޯދުމަށް އެދޭއިރު އެ ގެއެއްގެ ކަރަންޓު މީޓަރު ނަމްބަރާއި އެ މީހެއްގެ ނަމާއި ގޭގެ އެޑްރެސް ޖަހަން ޖެހެ އެވެ.

ފުލުހުން ބުނީ ހުއްދަ ދޫކުރާނީ ވަކި މީހަކަށް ކަމަށާ އެ ނޫން މީހަކަށް އެ ފާސް ބޭނުން ނުކުރެވޭނެ ކަމަށެވެ. އަދިފާސް ދޫކުރާ މީހާ ނޫން އެހެން މީހަކު ފާސް ހިފައިގެން ބޭރުގައި އުޅޭނަމަ އެއީ އެއް ގޭބީސީއަކަށް ނިސްބަތްވާ މީހެއް ނަމަވެސް އޭނާ ހުއްޓުވާނެ ކަަމަށް ފުލުހުން ވަނީ ބުނެފައެވެ. އިތުރަށް ފުލުހުން ބުނީ ކާފިއު ވަގުތުގައި އެ ފާސް ބޭނުން ނުކުރެވޭނެ ކަމަށެވެ.