ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މާލޭ ސަރަހައްދުގައި ހަވީރު 16:00 އިން ހެނދުނު 8:00 އަށް ކާފިއު ހިންގަން ނިންމައިފިއެވެ.
މާލެ ސަރަހައްދުގައި މިހާރު ކާފިއު ހިންގަނީ ހަވީރު 4 އިން ފަތިހު 4 އަށެވެ. އެހެންނަމަވެސް ދެ ހަފުތާގެ މުއްދަތަށް ކާފިއު ގަޑިއަށް ވަނީ ބަދަލު ގެނެސްފައެވެ،
އެޗްއޯސީއިން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ވިދާޅުވީ މި ވަގުތުތަކުގައި އިމެޖަންސީ ހާލަތެއްގައި ނޫނީ ބޭރަށް ނިކުމެ އުޅުން މުޅިން މަނާވާނެކަމަށެވެ.
މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމަށް ނިންމާފައިވާއިރު މާލެ އާއި ވިލިމާލެ އައި ހުޅުމާލޭގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑުތަން އިތުރުވެފައެވެ،