English Edition
Dhivehi Edition

ކޮވިޑް ޖެހިގެން ކުރީގެ އޮޑިޓާ ޖެނެރަލް ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އިސްމާއީލް ފަތުހީ އަވަހާރަވެއްޖެ އެވެ.

ފަތުހީ އަވަހާރަވީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް 11ގައި ކޮވިޑް19 އަށް ފަރުވާދެއްވަމުން ދަނިކޮށެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 80 އަހަރެވެ.

އިސްމާއިލް ފަތުހީ ވަނީ 1978 ނޮވެމްބަރުން ފެށިގެން 1993 ނޮވެމްބަރުގެ ނިޔަލަށް ފަނަރަ އަހަރު ދުވަސްވަންދެން ފިނޭންސް މިނިސްޓްރީ އަމަލީ ގޮތުން ހިންގެވުމާއި ހަވާލު ހުންނެވި ވެރިޔާގެ މަގާމު ފުރައްވާފައެވެ. ބައިނަލްއަޤވާމީ ބޭންކްތަކާއި މާލީ މުއައްސަސާތަކުގައި 15 އަހަރު، ރާއްޖެ ތަމްސީލް ކުރެއްވުމުގައި ހުންނެވި އިސްމާއިލް ފަތުހީ ވަނީ 1993 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރާއި ހަމއަށް އޮޑިޓާ ޖެނެރަލްގެ މަގާމު އަދާކުރައްވާދައެވެ

ރާއްޖޭގެ މަރުކަޒީ ބޭންކް އެމްއެމްއޭ އުފެއްދުމުގައި މުހިއްމު ދައުރެއް އަދާކުރެއްވި އިސްމާއިލް ފަތުހީ ވަނީ އެމްއެމްއޭގެ ވައިސް ގަވަރުނަރުގެ މަގާމު އަދާކުރައްވާފައެވެ.

46 އަހަރަށްވުރެ ދިގު މުއްދަތަކަށް ސަރުކާރަށް ހިދުމަތްތަކެއް ކޮށްދެއްވި އިސްމާއިލް ފަތުހީއަށް 2013 ވަނަ އަހަރު ވަނީ ނިޝާން އިއްޒުއްދީނުގެ އިއްޒަތް، ދައުލަތުން އަރުވާފައެވެ،