English Edition
Dhivehi Edition
މާލޭގައި ކުރިއަށްގެންދިޔަ ކޮވިޑް-19 ޑްރިލެއްގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް ނިއުސް

ރާއްޖެއިން އިތުރު 1559 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެ، ރާއްޖޭގެ އެކްޓިވް ކޭސްތަކުގެ އަދަދު 23،464 އަށް އަރައިފިއެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާލާއިރު 1135 މީހުން ޕޮޒިޓިވްވެފައި ވަނީ މާލެ އިންނެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 401 މީހަކު ޕޮޒިޓިވްވެފައިވާއިރު ރިސޯޓްތަކުން 20 މީހުން އަދި ސަފާރީތަކުން ތިން މީހަކު ވަނީ ފޮޒިޓިވްވެފައެވެ.

ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމްލަ ވަނީ 55،924 އަށް އަރައިފައިވާއިރު ބަލީގައި 129 މީހަކު ވަނީ މަރުވެފަ އެވެ.

ރާއްޖޭގައި ކޮވިޑްގެ ކޮންޓްރޯލްކުރުމަށް ގިނަ ފިޔަވަޅުތައް އަޅަމުން އަންނަ ނަމަވެސް ބަލިޖެހޭ މީހުންގެ ނިސްބަތް އަންނަނީ މަތިވަމުންނެވެ. މި ކަންބޮޑުވުންތަކާއެކު މާލެ ސަރަހައްދު ފުރަބަންދުނުކޮށް ފިޔަވަޅުތައް ހަރުކަށި ކުރަން ވަނީ ނިންމާފައެވެ.