English Edition
Dhivehi Edition
ހުޅުދޫ އަވަށު އޮފީސް/ ފޮޓޯ ލުބްނާ މަޖީދު މުޚްތާރު/ އޭއޯ ނިއުސް

އައްޑޫ ސިޓީ ހުޅުދޫ އިން ނެގި ރަންޑަމް ސާމްޕަލްތަކުގެ ތެރެއިން 2 ސާމްޕަލެއް ޕޮޒިޓިވްވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން ޕޮޒިޓިވްވެފައިވަނީ އެ އަވަށުގެ ރެސްޓޯރެންޓެއްގައި މަސައްކަތްކުރާ ދެ ބިދޭސީ މުވައްޒަފުންނެވެ. މި ދެ މީހުން ޕޮޒިޓިވްވުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތްކުރަމުން އަންނައިރު މިއަދުގެ މިހާތަނަށް ހުޅުދޫ އިން 43 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި މީދޫ އިން ޖުމަލް 09 މީހަކު ޕޮޒިޓިވްވެފައިވާއިރު އެ ދެ އަވަށުގައޮ ކޮމިއުނީޓީ ސްޕްރެޑެއް އޮތްކަމުގެ ބިރުވަނީ ބޮޑުވެފައެވެ.

އައްޑޫ ސިޓީ އިން މިހާތަނަށް 203 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އެކްޓިވް ކޭސްތަކުގެ އަދަދުވަނީ 165 ކަށް އަރާފައެވެ. އެ ސިޓީގެ 09 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު ބަލި ކޮންޓްރޯލްކުރުމަށް ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. މި ގޮތުން ހަވީރު 16:00 އިން ފަތިހު 4:00 އަށް ވަނީ ކާފިއު އިއުލާންކޮށްފައެވެ