English Edition
Dhivehi Edition
11 މެއި 2021: އޮންލައިންކޮށް ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ - ފޮޓޯ: ރައީސް އޮފީސް

އިންޓަނެޓުގެ އަގު ހެޔޮކޮށް، އާ އަގުތައް މާދަމާ އިއުލާނުކުރަން ނިންމައިފިއެވެ،

އިންޓަނެޓުގެ އަގު ހެޔޮ ކުރަން ސަރުކާރުން ވެފައިވާ ވައުދު ފުއްދުމުގެ ގޮތުން މީގެ ކުރިން އިންޓަނެޓްގެ ޚިދުމަތް ދެމުންދާ ފަރާތްތަކާ ސަރުކާރުން ވަނީ ބައްދަލުކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން. މި ބައްދަލުވުމުގައި ސަރުކާރުން ވަނީ އިންޓަނެޓްގެ އަގަށް ގެންނަން ފެންނަ ބަދަލުތައް ހުށަހަޅާފައެވެ. މި ގޮތުން ސަރުކާރުން ހުށަހަޅާފައިވަނީ 5 އެމްބީޕީއެސް ސްޕީޑްގައި 30 ޖީބީ 200 ރުފިޔާއަށް ދިނުމަށާއި، 15 އެމްބީޕީއެސް ސްޕީޑްގައި 100 ޖީބީ 500 ރުފިޔާއަށް ލިބޭ ގޮތް ހެދުމަށެވެ.. އަދި 25 އެމްބީޕީއެސް ސްޕީޑްގައި 200 ޖީބީ 750 ރުފިޔާއަށް ލިބޭ ގޮތަށް ހެދުމަށްވެސް ސަރުކާރުން ވަނީ ހުށަހަޅާފައެވެ.

އެހެންނަމަވެސް އަދި ރަސްމީ އެއްވެސް އިދާރާއަކުން މި އަގުތައް ކަށަވަރުކޮށްދީފައިވައި ނުވާއިރު، އިންޓަނެޓުގެ އަގަށް ގެންނަ ހެޔޮ ބަދަލު އިއުލާނު ކުރާނީ މާދަމާ ރައީސް އޮފީހުންނެވެ.