English Edition
Dhivehi Edition

ރާއްޖޭގެ ސިޔާސީ މައްސަލަތަކާއި ބޮޑެތި ޖިނާއީ މައްސަލަތަކުގައި ވަކާލާތުކުރައްވާފައިވާ ޤާނޫނީ ވަކީލު އަހުމަދު ޒަނީން އާދަމް(59އ)ކޮވިޑް ބަލީގައި ނިޔާވެއްޖެ އެވެ.

ވަކީލު ޒަނީން ނިޔާވެފައިވަނީ ކޮވިޑަށް ޕޮޒިޓިވްވެގެން ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް މިއަދު ހަވީރުގެ ވަގުތެއްގަ އެވެ.

މިއަދުވެސް ކޮވިޑް ބަލީގައި ތިން މީހުން ނިޔާވެފައިވާ އިރު ރާއްޖޭގެ ކޮވިޑްގެ ހާލަތުވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. މި ގޮތުން މިއަހަރުގެ މިހާތަނަށް 71 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އެކްޓިވް ކޭސްތަކުގެ އަދަދުވެސް ވަނީ ވިހި ހާހުން މަތިވެފައެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް-19 ޖެހިގެން ނިޔާވި މީހުންގެ ޖުމްލަ އަދަދު ވަނީ 122 އަށް އަރާފައެވެ.