English Edition
Dhivehi Edition

ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ ދިވެއްސަކު ނިޔާވެއްޖެއެވެ.

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދަނިކޮށް ނިޔާވީ އުމުރުން 46 އަހަރުގެ ދިވެހި ފިރިހެނެކެވެ.އެޗްޕީއޭ އިން ބުނީ އެމީހާ ނިޔާވީ މިއަދު 12:02 ހާއިރު ކަމަށެވެ.

ކޮވިޑު ޖެހިގެން ރާއްޖެއިން މަރުވި މީހުންގެ އަދަދު 121 އަށް އަރާފައިވާއިރު، ރާއްޖޭގެ ހާލަތުވަނީ ވަރަށް ގޯސްވެފައެވެ.

ރާއްޖެއިން މިހާތަނަށް 52,405 މީހަކަށް ކޮވިޑް ޖެހިފައިވާއިރު، މިހާރު އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 21,088 އަށް އަރާފައެވެ. މީގެ ތެރެއިން 286 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްތަކުގައެވެ.