English Edition
Dhivehi Edition

އައްޑޫ ސިޓީއިން ކޮވީޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ހަތަރު މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަކަމަށް އައްޑޫ އިކުޓޯރިއަލް ހޮސްޕިޓަލް އިން ބުނެފިއެވެ.

އެ ހޮސްޕިޓަލުން މިއަދު އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު މިއަދު ހަވީރު 6:00، ހަމައަށް އައްޑޫއިން އިތުރު 18 މީހަކު ބައްޔަށް ޕޮޒިޓިވްވެ ޖުމްލަ އަދަދުވަނީ 152ކަށް އަރާފައެވެ، މިހާތަނަށް 31 ފަރާތެއް ބަލިން ފަސޭހަވެފައިވާއިރު، އެކްޓިވް ކޭސްތަކުގެ އަދަދަކީ 121 ހެވެ.

މިއަދު އައްޑޫ ސިޓީއިން ޖުމްލަ 18 މީހުން ބައްޔަށް ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ހިތަދޫން ޕޮޒިޓިވްވި 14 މީހުންނާއި މަރަދޫން ޕޮޒިޓިވްވި ދެ މީހުންނާއި، ހުޅުދޫން ޕޮޒިޓިވްވި މީހަކާއި އަދި މީދޫން ޕޮޒިޓިވްވި މީހެކެވެ.

އައްޑޫ ސިޓީ ހިތަދޫއިން މިހާތަނަށް ޖުމްލަ 56 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާއިރު މަރަދޫފޭދޫ އަދި ސައުތުޕާމް ރިސޯޓުން އެކަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި ފޭދޫއިން 12 މީހަކު ޕޮޒިޓިވްވިއިރު މަރަދޫއިން 2 މީހަކުވަނީ ޕޮޒިޓިވްވެފައެވެ. މީގެ އިތުރުން ހުޅުދޫގައި 40 މީހުން ޕޮޒިޓިވްވެފައިވާއިރު މީދޫގައި 9 މީހަކު ވަނި ޕޮޒިޓިވްވެފައެވެ. އައްޑޫ އިން މިހާތަނަށް ވަނީ 2487 ސާމްޕަލް ނަގާފައެވެ.