English Edition
Dhivehi Edition
ރާއްޖެއިން ކޮވިޑް-19 ޖެހިގެން މަރުވި މީހަކު ވަޅުލުމުގެ ތެރެއިން - ފޮޓޯ: އެމްއެންޑީއެފް

ލ. ގަމުގައި ހުންނަ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ ދެ މީހަކު ނިޔާވެއްޖެއެވެ.

މިއަދު ހެނދުނު ނިޔާވީ ގަމު، މަތިމަރަދޫ އަވަށަށް ނިސްބަތްވާ އުމުރުން 88 އަހަރުގެ ފިރިހެނަކާއި ލ. މާވަށަށް ނިސްބަތްވާ އުމުރުން 69 އަހަރުގެ އަންހެނެކެވެ. ނިޔާވި ދެ މީހުންނަކީވެސް ގަމު ފެސިލިޓީއަށް ގެންދިޔައީ މިދިޔަ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައި ގެންދިޔަ ދެ މީހުންނެވެ.

މިއަދު މަރުވި ދެ މީހުންނާ އެކު ކޮވިޑްގައި މަރުވި މީހުންގެ ޖުމްލަ އަދަދު 107 ވަނީ އަރާފައެވެ،

އިއްޔެގެ ނިޔަލަށް ރާއްޖެއިން 1،465 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، ރާއްޖޭގައި ކޮވިޑް ބައްޔަށް ފަރުވާ ހޯދަމުން ދަނީ 18،221 މީހުންނެވެ.