English Edition
Dhivehi Edition

ލ. ގަމު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތް ކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު, އެމްޓީސީސީން ބުނެފި އެވެ.

ހައުސިން އެންޑް އިންފްރާންސްޓްރަކްޗާ މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫއު ހަވާލުކުރީ މީގެ އަހަރެއް ކުރިން 25 އޮގަސްޓް 2021ގަ އެވެ. މަޝްރޫއުގެ އަގަކީ 24.71 މިލިއަން ރުފިޔާ އެވެ.

މަޝްރޫއުގެ ފަހުގެ މައުލޫމާތު ދެމުން އެމްޓީސީސީން މިއަދު ބުނީ, އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގާ ޖެއްސުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން ބަދަރު ފުން ކުރުމާއި 310 މީޓަރުގެ އެއްގަމު ތޮއްޓެއް ލުމާއި 360 މީޓަރު ސޭންޑް-ފިލް ބްރޭކް ވޯޓާ ޖެހުމާއި 128 މީޓަރުގެ ބޮޑު ހިލައިގެ ބޭރު ތޮއްޓެއް ލުމާއި 17 މޫރިންގ ރިންގު ހަރުކުރުން ހިމެނެ އެވެ.

އަދި 20 މޫރިންގ ބޮއި ހަރުކުރުމާއި އެއްގަމު ތޮށިލުމަށް ބްރިޖެއް އެޅުމާއި 1،550 އަކަ މީޓަރުގެ ޕޭމަންޓް ހެދުމާއި މަގުބައްތި ހަރުކުރުން ހިމެނެ އެވެ

ޓެގު