English Edition
Dhivehi Edition
ލ.ގަން

ލ.ގަން، ދުނޑީ އަވަށުގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، ބޮގަރު ކައްކާ ކަމުގެ ތުހުމަތު ގައި ދެމީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މަހުގެ 16 ވަނަ ދުވަހު ލ.ގަމު ދުނޑީ އަވަށު، ވިލާގޭގައި މަސްތުވާތަކެތި ގެންގުޅެ ވިޔަފާރި ކުރާކަމަށް އަދި ބޮގަރު ކައްކާ އޭގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެގެ ބަލާ ފާސްކޮށްފައިވާ ކަމަށެވެ.

އިތުރަށް ފުލުހުން ބުނީ އެގެ ތެރެއިން 24.42 ގްރާމްގެ ހެރޮއިން ކަމަށް ޝައްކު ކުރެވޭ މަސްތުވާތަކެއްޗާއި، ބޮގަރުކަމަށް ޝައްކު ކުރެވޭ 2 ރުނބާ އަދި 5 ލީޓަރުގެ ފުޅިއަކާއެކު ބޮގަރު ކައްކަން ބޭނުންކުރާ ތަކެތި ފެނިފައިވާ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން 42 އަހަރު އަދު 57 އަހަރުގެ ދިވެހި ދެ ފިރިހެނުން ހައްޔަރުކޮށްފައިވާއިރު ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަކަމަށެވެ.