އިޒްރޭލުން ގަޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ގޮވާލައި، ފަލަސްތީނާއި އިޒްރޭލުގެ މައްސަލައަށް އޮތް ހައްލަކީ މިނިވަން ދެ ދައުލަތް އުފެއްދުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ފެނި ވަޑައިގަތުމުން ވަރަށް ބޮޑަށް ކަންބޮޑުވާކަމަށާއި އިޒްރޭލުގެ ހަމަލާތައް ހުއްޓާލަންޖެހޭކަމަށެވެ.
ފަލަސްތީން ރައްޔިތުންނަށް އިޒްރޭލުން އަޅާފައިވާ ހުރަސްތައް ނައްތާލައި، ފަލަސްތީން ރައްޔިތުންނަށް ވެސް އާމްދަނީ ހޯދޭނެ ގޮތާއި ހަމަޖެހިލައިގެން ދިރިއުޅެވެންޖެހޭނެކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ފަލަސްތީނާއި އިޒްރޭލުގެ މައްސަލައަށް އޮތް ހައްލަކީ މިނިވަން ދެ ދައުލަތް އުފެއްދުން ކަމަށެވެ.
I have been horrified watching the news about Gaza's bombardment.Israel must stop the attacks & the hostilities must end.The blockade must be lifted so Palestinians can trade, earn a living,live their lives.The only way to a lasting peace is the two-state solution.#FreePalestine
— Mohamed Nasheed (@MohamedNasheed) May 18, 2021