English Edition
Dhivehi Edition

މިއަދުވެސް 1501 މީހުން ކޮވިޑް19 އަށް ޕޮޒިޓިވްވެ، ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ 38،520 އަށް އަރައިފިއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަދު ޓެސްޓުކުރި 6000 އަށްވުރެ ގިނަ ސާމްޕަލްތަކުގެ ތެރެއިން 1501 ފަރާތެއް ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ މާލެ އިން ޕޮޒިޓިވްވި 1229 މީހަކާއި އަތޮޅުތެރެއިން ޕޮޒިޓިވްވި 265 މީހެއްގެ އިތުރުން ރިސޯޓުތަކުން ޕޮޒިޓިވްވި ހަތް މީހެކެވެ.

Advt

Advertisement

ކުރީ ދުވަސްތަކުގެ ނަތީޖާއާއެކު ގިނަ ސާމްޕަލްތައް ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ، 1501 ސާމްޕަލަކީ މިއަދު އެންޓާ ކުރެވުނު އަދަދުތައް ކަމަށާއި، އަދި މިއީ ބެކްލޮގްގެ ތެރެއިން އެންޓާ ކުރި އަދަދުތަކާއި އެކީގައި ޖުމްލަ ޕޮޒިޓިވްވި މީހުންގެ އަދަދުތައް ކަމަށެވެ.