English Edition
Dhivehi Edition

ރާހުލް ވޯރާ ކޮވިޑް ބަލީގައި މަރުވުމުގެ ކުރިން ފޭސްބުކްގައި ކޮށްފައިވާ ހިތްދަތި ޕޯސްޓުގެ ސަބަބުން ގިނަބަޔަކު ރޮއްވާލައިފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ފޭސްބުކްގައި ރާހުލް ކުރި ޕޯސްޓުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި، ދިއްލީގެ ޑެޕިއުޓީ ޗީފް މިނިސްޓަރ މަނީޝް ސިސޯޑިއާއަށް ޓެގްކޮށް ބުނެފައިވަނީ އޭނާއަށް ވެސް ރަނގަޅު ފަރުވާއެއް ލިބިއްޖެ ނަމަ ފުރާނަ ސަލާމަތްކުރެވޭނެކަމަށެވެ. ރާހުލްގެ ވަނަވަރާއެކު އޭނާ އެޑްމެޓްކޮށްފައިވާ ހޮސްޕިޓަލުގެ ތަފްސީލު ހާމަކުރަމުން އޭނާ ބުނީ ދެން އިތުރަށް ހަނގުރާމަ ކުރާނެ ހިތްވަރެއް ނެތް ކަމަށެވެ.

ރަހުލްގެ މަރާ ގުޅިގެން އޭނާގެ އަނބިމީހާ ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ވަނީ ރާހުލް ފަދައިން އެ ހާލުގައި އޮވެ އެހެން މީހަކު ވަކިވުމަށް ނޭދޭކަމަށެވެ. އަދި ރާހުލްގެ މަރަށް އިންސާފު ލިބުމަށް ބޭނުންވާ ކަމަށް އޭނާގެ އަނބިމީހާ ބުނެފައިވެއެވެ. މީގެ އިތުރުން ރާހުލް އޮކްސިޖަން ނުލިބިގެން އުޅުނު ހާލު ދައްކުވައިދޭ ވީޑިއޯ އެއްވެސް އޭނާ ހިއްސާކޮށްފައިވާއިރު އެ ވީޑިއޯގައި “މިއަދު މީ ވަރަށް މުހިއްމު އެއްޗެއް. އެކަމަކު މިއަކުން އެއްވެސް އެއްޗެއް ނާދޭ.” ރާހުލް ބުނާ އަޑުއިވެއެވެ.

އިންޑިއާގައި ކޮވިޑް19 ގެ ހާލަތު ގޯސްވެފައިވާއިރު އެ ގައުމުން ގިނަ އަދަދެއްގެ ބަޔަކު ދަނީ މަރުވަމުންނެވެ.