English Edition
Dhivehi Edition
ކޮވިޑް-19 އާއި ގުޅިގެން މިހާރު އަޅާފައިވާ ފިޔަވަޅުތައް ތަންފީޒުކުރުމުގައި ފުލުހުން ހަރަކާތްތެރިވަނީ - ފޮޓޯ: ޕޮލިސް

ކޮވިޑް19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މިރެއިން ފެށިގެން ފިހާރަތަކާއި ކެފޭތައް، އަދި ރެސްޓޯރެންޓުތައް ހުޅުވާފައި ބެހެއްޓޭނެ ވަގުތަށް ބަދަލު ގެނެސްފި އެވެ.

އިކޮނޮމިކް މިނިސްޓްރީ އިން ބުނީ މިރެއިން ފެށިގެން މި މަހުގެ 12 ވަނަަ ދުވަހުގެ ނިޔަަލަށް ފިހާރަތައް ހުޅުވާފައި ބެހެއްޓޭނީ ހެނދުނު 8:00ކުން ރޭގަނޑު 9:00 އަށް ކަމަށެވެ. އަދި ރޭގަނޑު 9:00 އިން 00:00 އަށް ފުލުހުންގެ ހުއްދަ އާއެކު ފިހާރަތަކުން ޑެލިވަރީގެ ހިދުމަތް ދެވޭނެކަމަށެވެ.

މީގެ އިތުރުން ސައިހޮޓާ. ކެފޭ، ރެސްޓޯރެންޓު، ކެންޓީނު ފަދަ ތަންތަން އާންމުންނަށް ހިދުމަތް ދިނުމަށް ހުޅުވާފައި ބެހެއްޓޭނީ ހަވީރު 5:30 އިން ރޭގަނޑު 9:00 އަށް ކަމަށެވެ. އަދި ފުލުހުންގެ ހުއްދަ އާއެކު މެންދަމު ތިނެއް ޖަހަންދެން ޑެލިވަރީގެ ހިދުމަތް ދެވޭނެކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ކޮވިޑް ފެތުރޭ މިންވަރު އިތުރުވެފައިވާތީ ރޭގަނޑު ނުވަޔަކުން ފަތިހު 4:00 އަށް މާލެ ސަރަހައްދުގައި ކާފިއު ހިންގަން ނިންމާފައިވާއިރު މާލެ ސަރަހައްދުގެ ޖިމްތަކާއި ސެލޫންތައް އަދި ސިނަމާތައް ބަންދު ކުރަން ވަނީ އަންގާފައެވެ.