English Edition
Dhivehi Edition
ރާއްޖެއިން ކޮވިޑް-19 ޖެހިގެން މަރުވި މީހަކު ވަޅުލުމުގެ ތެރެއިން - ފޮޓޯ: އެމްއެންޑީއެފް

އއ. ރަސްދޫއިން ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިންޑިއާ ފަތުރުވެރިޔަކު މަރުވެއްޖެ އެވެ.

އއ.ރަސްދޫއިން މިއަދު މަރުވި މީހާއަކީ އިންޑިއާއަށް ނިސްބަތްވާ އުމުރުން 61 އަހަރުގެ ފިރިހެނެކެވެ. އެ މީހާ މަރުވެފައިވަނީ މިއަދު މެންދުރު ފަހު 3:00 އެހާކަންހާއިރު އެވެ.

އަތޮޅުތެރޭގައި ހަލުވިކަމާއި އެކު ކޮވޑް ފެތުރެމުން އަންނަ މި ދަނޑިވަޅު ރަސްދޫއިން މިހާތަނަށް 22 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

ކޮވިޑް19 ގެ ރާއްޖޭގެ ހާލަތު ގޯސްވެ ގިނަ އަދަދެއްގެ ބަޔަކު ބައްޔަށް ޕޮޒިޓިވްވެފައިވާއިރު މިއީ ފާއިތުވި ސައުވީސް ގަޑިއިރު ތެރޭ ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި ތިންވަނަ މީހާއެވެ.

ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ ކޮލަމާފުށި އުމުރުން 77 އަހަރުގެ އަންހެނަކު ރޭ 3:38 ހާއިރު ނިޔާވެފައިވާއިރު މިއަދު މެންދުރު ނައިފަރު ހޮސްޕިޓަލްގައި ކޮވިޑަށް ފަރުވާ ދެމުންދިޔަ އުމުރުން 83 އަހަރުގެ ފިރިހެނަކު ވަނީ ނިޔާވެފައެވެ.