English Edition
Dhivehi Edition

ކޮވިޑް-19 ޖެހިގެން ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ މީހަކު ނިޔާވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާދެމުން އައި 66 އަހަރުގެ ދިވެހި އަންހެނަކު މިއަދު ހެނދުނު ނިޔާވެފައިވާ ކަމަށެވެ.

މިއަދު ކޮވިޑް ޖެހިގެން ރާއްޖެ އިން މީހަކު ނިޔާވުމުން ކޮވިޑް ޖެހިގެން ރާއްޖެ އިން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 300 އަށް އަރާފައެވެ. އެންމެ ފަހުން ރާއްޖެއިން ކޮވިޑްގައި މީހަކު މަރުވީ މިދިޔަ މަހު 26 ގަ އެވެ. އެއީ އައްޑޫގައި ކޮވިޑަށް ފަރުވާދިން، 71 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ރާއްޖޭގައި ކޮވިޑް ކޭސްތައް އިތުރުވާން ފަށާފައިވާއިރު، އެޗްޕީއޭ އިން ވަނީ އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.