English Edition
Dhivehi Edition

އެންވަޔަރަމަންޓް މިނިސްޓަރު ކަމުގައި ހުންނެވި ޑރ. ހުސެއިން ރަޝީދު ހަސަން ފިޝަރީޒް މިނިސްޓަރުކަމަށް އައްޔަންކުރައްވައިފިއެވެ.

ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ޑރ. ހުސެއިން ރަޝީދު ހަސަން އަށް މަގާމުގެ ފަތްކޮޅު ހަވާލުކޮށްދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއެވެ.

މި ސަރުކާރުގެ ފުރަތަމަ ފިޝަރީޒް މިނިސްޓަރުކަމުގައި މަގާމުގައި އެމްއާރުއެމް ސްލޮޓުގައި މިހާތަނަށް ހުންނެވި ޒަހާ ވަހީދު މަގާމުން ވަކިކުރުމަށް ފަހު ވަނީ ރައީސް އޮފީހަށް ބަދަލުކުރައްވާފައެވެ.

މިއަދު ވަޒީރުންގެ މަޖިލީހަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާއިރު ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ހިދުމަތްތައް ރަނގަޅުކޮށް ވައުދުތައް ފުއްދުމަށް ސަރުކާރުގެ އިސްމަގާމުތަކަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.