English Edition
Dhivehi Edition

އައްޑޫ ސިޓި ހިތަދޫ އިން އިތުރު ހަ މީހަކު ކޮވިޑަށް ޕޮޒިޓިވްވެ އެ އަވަށުން ޕޮޒިޓިވްވި މީހުންގެ އަދަދު ހަތެކަށް އަރައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ހިތަދޫއިން މިއަދު ކޮވިޑަށް ޕޮޒިޓިވްވި 6 މީހުންނަކީ އިއްޔެ އެ އަވަށުގެ ފްލޫ ކްލިނިކަށް ދެއްކުމުން ކޮވިޑަށް ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓުންގެ ތެރޭގައި ހިމެނޭ މީހުންނެވެ.

އައްޑޫ ސިޓީ އިން ކޮވިޑް19 އަށް ބަޔަކު ޕޮޒިޓިވްވުމާއި ގުޅިގެން އެ ސިޓީއަށް އަރާ ފޭބުން މަނާކޮށްފައިވާއިރު މުޖްތަމައު ތެރޭގައި ބަލި ފެތުރިފައިވާ މިންވަރު ބެލުމަށް ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.