English Edition
Dhivehi Edition

މަޝްހޫރު ފިލްމީތަރި ވޭން ޖޯންސަން “ދަ ރޮކް” ބުނީ އޭނާ އަކީ އަންހެން ކުއްޖެއް ކަމަށް ކުޑައިރު ހީކުރެވުނުކަމަށާއި އެކަމާ އެތައްފަހަރަކު އޮޅުންއަރާފައިވާ ކަމަށެވެ.

ވޭން ބުނީ، އޭނާ އަށް މިހެން ދިމާވީ ކުޑައިރު އޭނާ ހުންނަ ގޮތުން މީހުންނަށާއި ސްކޫލް ކުދިންނަށް ސިފަ އޮޅޭގޮތް ވުމުންނެވެ. ވޭން ބުނި ގޮތުގައި އޭނާ ކުޑައިރު ސިފަ ވައްތަރީ ބޮޑަށް އަންހެން ކުއްޖަކާ ކަމަށެވެ.

“އެއްދުވަހަކު ސްކޫލަށް ގޮސް ކްލާސްތެރޭގައި އިށީންތަނާ ކުއްޖަކު އައިސް އަހަނީ ތިއީ އަންހެން ކުއްޖެއް ތޯ ނުވަތަ ފިރިހެން ކުއްޖެއްތޯ، އެންމެފުރަތަމަ ގްރޭޑުން ފެށިގެން 5ކާހަމައަށް އަހަރެން ބުލީގެ ޝިކާރައަކަށްވި، އުމުރުން 7 އަހަރާ 11 އަހަރާ ދެމެދު މީހުން އަހަރެން ބުލީކުރި، އަބަދުވެސް އެންމެން ގޮވާނެ އަންހެން ކުއްޖެކޭ ކިޔާފަ. ދެން އަހަންނަށްވެސް އަހަރެންގެ ސިފަ އޮޅި އަހަންނަކީ އަންހެން ކުއްޖެއް ކަމަށް ވިސްނެންފެށި” ވޭން ކިޔައިދިނެވެ.

އުމުރުން 49 ނުވައަހަރުގެ ވޭން ޖޯންސަން މަޝްހޫރުވެފައިވަނީ ރެސްލިން ކުޅުން ތެރިއެއްގެ ގޮތުގައެއެވެ. އޭނާ މަޝްހޫރު ވެފައިވަނީ ރިންގް ނަން “ދަ ރޮކް”ގެ ނަމުންނެވެ.

އިސްކޮޅުގައި 6ފޫޓު 5 އިންޗި ހުންނަ ވޭން 1996 ވަނަ އަހަރު ރެސްލިން ކުޅެން ފެށިނަމަވެސް 2019ވަނަ އަހަރު އޭނާ އެކުޅިވަރު ހުއްޓާލައިފިއެވެ. ވޭން ރެސްލިން އާ ދުރަށް ޖެހިލި އިރު އޭނާވަނީ ހޮލީވިޑް ފިލްމްތަކުގައި މަސައްކަތް ކުރަންފަށާފައެވެ.