English Edition
Dhivehi Edition

ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު އާއި ދިވެހި ފިލްމީ ތަރި އަހުމަދު ޒިޔާއު (ޒިޔާ) މިއަދު ކައިވެނި ބައްލަވައިގެންފި އެވެ.

މިއަދު ޝިދާތާ އާއި ޒިޔާ ކައިވެނި ބައްލަވައިގަތީ ފެމިލީ ކޯޓުގަ އެވެ.

މިދިޔަ ޖެނުއަރީ މަހުގެ ތެރޭ ޝިދާތާ އާއި ޒިޔާ ވަނީ އެންގޭޖް ވެފައެވެ.

އެންގޭޖްވުމުގެ ހަފްލާގައި ނަގާފައިވާ ފޮޓޯއެއް ހިއްސާކުރައްވަމުން ޝިދާތާ އޭނާގެ ފޭސްބުކް ޕޭޖްގައި ލިޔެފައި ވަނީ މިއީ ދިރިއުޅުމުގައި ކޮށޭ އައު މަގެއް ކަމަށާއި ލޯބިން ފުރިފައިވާ ހިތަކާއެކު ފަށާ އައު ފެށުމެއް ކަމަށެވެ.

މި ސަރުކާރުގެ ފުރަތަމަ ޖެންޑަރ މިނިސްޓަރ ކަން ކުރެއްވި ޝިދާތާ އެ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ހުންނެވީ ސިޔާސީ ކަންކަމުން ވަރަށް ބޮޑަށް އެކަހެރިވެވަޑައިގެންނެވެ.

ޝިދާތާ އާއި ޒިޔާވެސް މީގެ ކުރިން ވަނީ އެހެން ކައިވެނި ތަކެއް ކޮށްފައެވެ.

ޝިދާތާ ކުރި ން ކުރެއްވި ކައިވެންޏަށް ތިން ކުދިން ލިބިފައި އެބަ ތިއްބެވެ. ޒިޔާގެ ކުރީގެ ކައިވެންޏަކުން އޭނާއަށްވެސް ދަރިއަކު ލިބިފައިވެ އެވެ.