English Edition
Dhivehi Edition

ބޮލީވުޑްގެ މަޝްހޫރު ތަރި ރަންދީރް ކަޕޫރު ކޮވިޑަށް ޕޮޒިޓިވްވެ ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.

ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން 74 އަހަރުގެ އެކްޓަރ ރަންދީރް އަށް ފަރުވާދެމުން ދަނީ މުމްބައީގެ ކޮކިލާބެން ހޮސްޕިޓަލުގެ އައިސީޔޫގައެވެ. ހޮސްޕިޓަލުގެ އޮފިޝަލުންނާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ރަންދީރްގެ ހާލު އަންނަނީ ރަގަޅުވަމުންނެވެ. އެހެންނަމަވެސް އޭނާއަށް އަދި ހޮސްޕިޓަލްގައި ބާއްވައިގެން ކުޑަދުވަސްކޮޅަކަށް ފަރުވާ ދޭންޖެހޭ ކަމަށް ރިޕޯޓްތައް ވަނީ ބުނެފައެވެ.

ބޮލީވުޑްގެ ކުރީގެ މަޝްހޫރު ބަތަލް، ރާޖް ކަޕޫރް އާއި ކްރިޝްނާ ރާޖް ކަޕޫރްގެ ކައިވެންޏަށް ރިޝީ ކަޕޫރް، ރަންދީރް ކަޕޫރް، ރާޖިވް ކަޕޫރް، ރީތޫ ކަޕޫރް އަދި ރީމާ ކަޕޫރް ލިބިފައިވާއިރު މި ފާއިތުވި އަހަރެއް ދުވަހުގެ ތެރޭގައި ކަޕޫރު އާއިލާއިގެ ތިން މެމްބަރުންވަނީ ވަރަށް ކައިރިކައިރީގައި މަރުވެފައެވެ.މި ގޮތުން މިދިޔަ އަހަރުގެ އެޕްރީލް 30 ވަނަ ދުވަހު އެ އާއިލާއިން ރިޝީ ކަޕޫރް މަރުވިއިރު ރާޖީވްގެ ދައްތަ ރީތޫ ނަންތާ މަރުވީ މިދިޔަ އަހަރު ޑިސެމްބަރު މަހުގައެވެ. އަދި އެކްޓަރު ރާޖީވް ކަޕޫރު މަރުވެފައިވަނީ މިއަހަރު ފެބްރުއަރީ މަހުގެ 9 ވަނަ ދުވަހުއެވެ،