English Edition
Dhivehi Edition
ފޭދޫ ހިއްކި ބިމުގެ މަތިން ނަގާފައިވާ މަންޒަރެއް - ފޮޓޯ: ޓްވިޓާ

އައްޑޫ ސިޓި ފޭދޫ މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕޮޒިޓިވްވެފައިވާ މީހާއަކީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގެ ފްލޫ ކްލިނިކަށް ދެއްކި މީހެކެވެ. މި މީހާ ޕޮޒިޓިވްވުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

އައްޑޫ ސިޓީ އިން ކޮވިޑް19 އަށް ބަޔަކު ޕޮޒިޓިވްވުމާއި ގުޅިގެން އޭއީއެޗްގައި ހިންގަމުން އަންނަ ފްލޫ ކުްލިނިކު އަނެއްކާވެސް ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ބަދަލު ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

އައްޑޫ ސިޓީގައި ބާއްވާ ގޯދިއްޔާ މުބާރާތުގައި ކުޅުމަށް އެ ސިޓީއަށް އައިސް ކަރަންޓީނުގައި ހުރި ކުޅުންތެރިއަކުވެސް ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު ފާއިތުވި ދެ ދުވަހު ހުޅުދޫ މީދޫ އިން ވެސް ވަނީ 7 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ،