English Edition
Dhivehi Edition
ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓު

ހުޅުމާލޭގައި އެކްސިޑެންޓުވެ ޒަހަމްވި ދެބަފައިންގެ ތެރެއިން ބައްޕަ ނިޔާވެއްޖެއެވެ.

ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒަހަމްވެގެން އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ނިޔާވީ ޅ. ކުރެންދޫ، މުހައްމަދު އަފީފު (62އ) އެވެ،

ހުޅުމާލެ 2 ގެ ހީނާމާ ހިނގުމާއި ދުނބުރިގަސް މަގު ގުޅުނު ހަތަރު އަނގޮޅިން ކާރަކާއި ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން މުހައްމަދު އަފީފްގެ އިތުރުން ސައިކަލު ފަހަތުގައި އިނީ އޭނާގެ 24 އަހަރުގެ ދަރިފުޅެވެ.

މުހައްމަދު އަފީފަކީ ދިވެހިބަހާއި، ދީނިއްޔާތު އަދި ތިމާވެށީގެ އިލްމު ކިޔަވައިދިނުމުގައި 32 އަހަރު ހޭދަކުރައްވާފައިވާ ބޭފުޅެކެވެ. ޖަމާލުއްދީން ސުކޫލް، އަހުމަދިއްޔާ، އަމީނިއްޔާ، ޅ. އަތޮޅު މަދަރުސާ، ފަރީދިއްޔާ އަދި ޣާޒީ ސުކޫލްގައި ކިޔާވާދެއްވި އަފީފުގެ ކަށުނަމާދު އޮންނާނީ މިއަދުގެ މެންދުރު ނަމާދަށްފަހު ހުޅުމާލެ ސަހަރާ މިސްކިތުގައެވެ.

މިއީ ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި ހުޅުމާލޭގައި ހިނގި އެކްސިޑެންޓުތަކުގައި ނިޔާވި ދެވަނަ މީހާއެވެ.