English Edition
Dhivehi Edition

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު ގިނަ ބާރުތަކެއް ކައުންސިލްތަކަށް ދީފައިވާތީ، ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

ކައުންސިލަރުންގެ މުސާރަ މުރާޖާ ކުރުމަށްފަހު، ކައުންސިލަރުންނަށް ދޭ މުސާރައަށް ބަދަލު ގަނައުމަށް ޕޭ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހަޅާފައި ވަނީ، 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގައެވެ. އެ މައްސަލަ ޕޭ ކޮމިޝަނުން މާލިއްޔަތު ކޮމިޓީއަށް ހުށަހަޅާފައިވާ ގޮތަށް، ފާސްކުރަން އެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ހުށަހެޅުއްވިއިރު، ތާއީދު ކުރެއްވީ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފެވެ.

ކައުންސިލަރުންގެ މުސާރައަށް ކޮމިޓީން ފާސްކޮށްފައި ވަނީ:

  • ރަށު ކައުންސިލްގެ ރައީސްގެ މުސާރައިގެ ގޮތުގައި 18،400 ރުފިޔާ އަދި އެލަވެންސްގެ ގޮތުގައި 4،600 ހަމަޖައްސައި، ޖުމުލަ 23،000 ރުފިޔާ
  • ރަށު ކައުންސިލުގެ ނައިބު ރައީސްގެ މުސާރައިގެ ގޮތުގައި 11،600 ރުފިޔާ އަދި އެލަވެންސްގެ ގޮތުގައި 3،400 ރުފިޔާއާއެކު ޖުމުލަ 15،000 ރުފިޔާ
  • ރަށު ކައުންސިލް މެމްބަރެއްގެ މުސާރައިގެ ގޮތުގައި 9،600 ރުފިޔާ އަދި އެލަވެންސްގެ ގޮތުގައި 2،400 ރުފިޔާ ހަމަޖައްސައި، ޖުމުލަ 12،000 ރުފިޔާ
  • އަތޮޅު ކައުންސިލްގެ ރައީސްގެ މުސާރައިގެ ގޮތުގައި 22،400 ރުފިޔާ އަދި އެލަވެންސްގެ ގޮތުގައި 5،600 ރުފިޔާ، ޖުމުލަ 28،000 ރުފިޔާ
  • ސިޓީ ކައުންސިލްގެ މޭޔަރަށް މުސާރައިގެ ގޮތުގައި 30،000 ރުފިޔާ އަދި އެލަވަންސްގެ ގޮތުގައި 10،000 ރުފިޔާ، ޖުމުލަ 40،000 ރުފިޔާ
  • ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރަށް މުސާރައިގެ ގޮތުގައި 27،000 ރުފިޔާ އަދި އެލަވަންސްގެ ގޮތުގައި 8،000 ރުފިޔާ، ޖުމުލަ 35،000 ރުފިޔާ
  • ސިޓީ ކައުންސިލްގެ މެންބަރުންނަށް މުސާރައިގެ ގޮތުގައި 24،000 ރުފިޔާ އަދި އެލަވަންސްގެ ގޮތުގައި 6،000 ރުފިޔާ ޖުމުލަ 30،000 ރުފިޔާ

1 ކޮމެންޓް
އިލީ
އޭޕްރީލް 25, 2021
މުދައްރިސުންގެ މުސާރަ ބޮޑު ކުރިއްޔާާ ކީތް ރެޔާއަ ދުވާާލު ނުނިދާ އެމީހުން މަސައްކަތް ކުރަން ޖެހޭ.