English Edition
Dhivehi Edition

މަންމަގެ އޮޕަރޭޝަންކުރުމަށް، މަޝްހޫރު ބޮލީވުޑްގެ ތަރި ސަލްމާން ހާން އާއި އޭނާގެ އާއިލާއިން ވެދިން އެހީތެރިކަމަށް ބަތަލާ ރާކީ ސާވަންތު ޝުކުރު އަދާކޮށްފިއެވެ.

ބިގްބޮސް14 ގައި ބައިވެރިވެ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ ރާކީގެ މަންމަ ޖާޔާއަށް ކެންސަރުޖެހިފައިވާކަން، ރާކީ އަށް އެގުނީ އޭނާ އެ ޝޯގައި ބައިވެރިވެ ބޮގްބޮސް ގޭގައި ހުއްޓައެވެ. ދިރިއުޅުމުގައި ދިމާވި މާލީ ދަތިތަކުން އަރައިގަތުމަށް އެ ޝޯގައި ބައިވެރި ރާކީ މީގެ ކުރިން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ އޭނާގެ މަންމަގެ އޮޕަރޭޝަނަށް ވަރަށް ބޮޑު ހަރަދެއް ކުރަންޖެހޭ ކަމަށެވެ. ރާކީގެ މި ކަންބޮޑުވުންތައް ހިއްސާކުރުމާއެކު އޭނަގެ މަންމަގެ ބައްޔަށް ފަރުވާ ކުރުމަށް ސަލްމާން ހާނާއި ސުހައިލް ހާން ވަނީ ބޮޑު އެހީތެރިކަމެއް ވެދީފައެވެ.

އިއްޔެ ރާކީގެ އިންސްޓަގްރާމްގައި އޭނާ ހިއްސާކުރި ވީޑިއޯގައި ބުނީ ކެންސަރަށް މަގުފަހިވެފައިވާ ޓިއުމަރު ނެގުމުގެ އޮޕަރޭޝަން އިއްޔެ ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. “ހުރިހާ ޝުކުރެއް ސަލްމާންއަށް. މަންމަ ދެން އެއްވެސް ކަމަކާއި ކަންބޮޑުވެ ހާސްވާކަށް ނުޖެހޭނެ. މަންމަގެ ގައިން މުޅި އުމުރަށް ކެންސަރު ގެ ނުރައްކާ މި ވަކިވަނީ. “ރާކީ ހޮސްޕިޓަލްގައި، ނަގާފައިވާ ވީޑިއޯގައި ވަނީ ބުނެފައެވެ.